Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:33 - ކިތާބުލް މުޤައްދަސާ

33 ދެން ޕިލާތުސް އެނބުރި އެތެރެއަށް ވަދެ އޭނާގެ ކުރިމައްޗަށް އީސާގެފާނު ހާޒިރުކުރުމަށް އެންގިއެވެ. ޕިލާތުސް އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލު މީހުންގެ ރަސްގެފާނުތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:33
25 ပူးပေါင်းရင်းမြစ်များ  

ގަވަރުނަރު ޕިލާތުސްގެ ކުރިމަތީގައި އީސާގެފާނު ހުންނެވިއެވެ. އަދި ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތި ބުނީ ރަނގަޅަށް⁠“


އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ.


ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިބާ އެހެން ބުނެފީމު.⁠“


ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”⁠މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.⁠“


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


ލިޔެވިގެންވިއެވެ. ”⁠ބަނީއިސްރާއީލު މީހުންނޭ، ބިރުނުގަންނާށެވެ. ކަލޭމެންގެ ރަސްގެފާނު އެބަވަޑައިގަންނަވައެވެ. އެމަނިކުފާނު ޅަހިމާރެއްގެ މަތީގައި ދަތުރުކުރައްވާ އެބަވަޑައިގަންނަވައެވެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ސުވާލަކީ އަމިއްލަފުޅަށް ކުރެއްވި ސުވާލެއްތޯ ނުވަތަ މީހަކު ދެންނެވި ސުވާލެއްތޯ؟⁠“


އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”⁠އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.⁠“


ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠އެހެންވިއްޔާ ތެދަކީ ކޮބާ؟⁠“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު.


ދެން ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠ތިޔަބޭފުޅާ މިމީހާ މިނިވަންކޮށްފިނަމަ ތިއީ ކައިސަރު ރަސްގެފާނަށް ހެޔޮއެދޭ މީހެއް ކަމަކަށް ނުވާނެ. އެހެނީ ރަސްކަލެއް ކަމުގައި ދައުވާ ކުރާ ކޮންމެ މީހަކީ ކައިސަރުގެ ދުޝްމިނެއް.⁠“


ދެން އެމީހުން އައިސް ބުންޏެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނަށް މަރުހަބާ!⁠“ މިހެން ބުނެފައި ގޮސް އެމީހުން އެކަލޭގެފާނުގެ މޫނުފުޅު މަތީގައި ތަޅައިގަތެވެ.


ދެން ޕިލާތުސް އަނެއްކާ ވެސް ބޭރަށް ނުކުމެ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެން މިމީހާ ކަލޭމެންގެ ކުރިމައްޗަށް އެބަ ނެރެން. އެއީ އޭނާ ކޮށްފައިވާ އެއްވެސް ކުށެއް އަހަރެންނަށް ނުފެނުނުކަން ކަލޭމެންނަށް ހާމަކޮށްދޭން.⁠“


ދެން އޭނާ އަނެއްކާވެސް އެތެރެއަށް ވަދެ އީސާގެފާނާއި ސުވާލު ކުރިއެވެ. ”⁠ކަލޭ އައީ ކޮންތާނކުން؟⁠“ ނަމަވެސް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވިއެވެ.


އަހަރެން މާތްރަސްކަލާނގެ ޙަޟްރަތު ހެކިކޮށް ތިބާއަށް އަމުރު ކުރަމެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗަކަށް ދިރުންދެއްވާ ކަލާނގެއެވެ. އަދި އީސާ އަލްމަސީޙުގެ ޙާޟިރުގައި ބުނަމެވެ. އެކަލޭގެފާނު ޕޮންތިޔުސް ޕިލާތުސްގެ ކުރިމަތީގައި އީމާންތެރިކަން ފުރިހަމައަށް ސާބިތު ކޮށްދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ