Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:31 - ކިތާބުލް މުޤައްދަސާ

31 ޕިލާތުސް ބުންޏެވެ. ”⁠އޭނާ ގެންދޭ. ގެންގޮސް ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގެ މަތިން އޭނާގެ ޝަރީއަތް ކުރޭ.⁠“ ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އެކަމަކު އެއްވެސް މީހަކަށް މަރުގެ ޙުކުމް ކުރުމަކަށް ރޯމުގެ ސަރުކާރުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:31
8 ပူးပေါင်းရင်းမြစ်များ  

”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


އެމީހުން ބުންޏެވެ. ”⁠އޭނާއަކީ ޤާނޫނާއި ޚިލާފުވެ ކުށް ކޮށްފައި ނުވާ މީހެއް ނަމަ އަޅުގަނޑުމެން އޭނާ މިތާނކަށް މަނިކުފާނުގެ އަރިހަކަށް ނުގެނައިމުސް.⁠“


މިފަދައިން ކަންތައްތައް ވުމުގެ ސަބަބުން އީސާގެފާނު އެކަލޭގެފާނު އަވަހާރަވެދާނެ ކަމަށް ވިދާޅުވި ގޮތަށް އެކަންތައްވެ ފުރިހަމަވެގެން ދިޔައެވެ.


އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!⁠“ ޕިލާތުސް ބުންޏެވެ. ”⁠ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟⁠“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”⁠ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ