ޔޫޙަންނާ 18:3 - ކިތާބުލް މުޤައްދަސާ3 ބޮޑުންގެ ގޮތުގައި ތިބި އިމާމުންނާއި ފަރީސީން ޔުދާސް އާއިއެކު ރޯމު ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ލަޝްކަރެއް ފޮނުވިއެވެ. ދެން އެމީހުން ފާނޫޒުތަކާއި، ދަންމަރު ރޯކޮށްގެން އަދި ހަތިޔާރު ހިފައިގެން ޔުދާސްއާއި އެކު އެ ޒައިތޫނި ދަނޑަށް ދިޔައެވެ. အခန်းကိုကြည့်ပါ။ |
”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“