Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:28 - ކިތާބުލް މުޤައްދަސާ

28 ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:28
33 ပူးပေါင်းရင်းမြစ်များ  

އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ.


ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއް ނުދީ އެމީހުންނަކަށް ތަނެއްގައި ބުރަކަށިވެސް ޖައްސައެއް ނުލެވޭނެއެވެ. އަދި ލޮލުފިޔައެއް ވެސް ނުޖެހޭނެއެވެ.


އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ.


އެއަށް ފަހު ގަވަރުނަރުގެ ގަނޑުވަރުގެ ފާރަވެރިންގެ ގޮތުގައި ވީ ޚާއްޞަ ސިފައިން އެ ގަނޑުވަރުގެ ގޯތިތެރެއަށް އީސާގެފާނު ގެންދެވިއެވެ. އަދި އެތާނގައި ތިބި އެހެނިހެން ސިފައިންގެ ފައުޖުތައް އައުމަށް ވެސް އެންގިއެވެ.


ހެނދުނު އިރުއެރުމުން އީސާގެފާނު ބަނީއިސްރާއީލު ދީނީކޯޓުގެ ކުރިމައްޗަށް ގެންދެވުނެވެ. އެތާނގައި ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ވިއެވެ.


މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ.


ފުރަތަމަ އެމީހުން އެކަލޭގެފާނު ގެންދިޔައީ ހަންނާނުގެ ގާތަށެވެ. މި ހަންނާން އަކީ އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސްގެ ބަފާކަލޭގެއެވެ.


ޝަމްއޫނު ޕަތަރަސްއާއި އަދި އެހެން އަސްޙާބީއަކު އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ އަސްޙާބީއަކީ އުއްތަމަ އިމާމު ދަންނަ މީހެކެވެ. އެހެން ކަމުން އޭނާއަށް އީސާގެފާނުގެ ފަހަތްޕުޅުން ގޮސް އުއްތަމަ އިމާމުގެ ގޭގެ މެދުގޯތި ތެރެއަށް ވަދެވުނެވެ. ޕަތަރަސް ހުރީ ބޭރުގައެވެ. ނަމަވެސް އަނެއް އަސްޙާބީ އައިސް ދޮރު ބެލެހެއްޓުމަށް ހުރި އަންހެންކުއްޖާ ގާތު ބުނުމުން އެކުއްޖާ ޕަތަރަސް ވެއްދިއެވެ.


ދެން ޕިލާތުސް އެނބުރި އެތެރެއަށް ވަދެ އޭނާގެ ކުރިމައްޗަށް އީސާގެފާނު ހާޒިރުކުރުމަށް އެންގިއެވެ. ޕިލާތުސް އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލު މީހުންގެ ރަސްގެފާނުތަ؟⁠“


އަދި އަހަރެން ކޮންމެ އަހަރަކު ވެސް މި ޢީދަށް ކުށްވެރިއަކު ދޫކޮށް ދެން. ވީމާ ކަލޭމެން އެދެނީނަމަ މިފަހަރު އަހަރެން ބަނީއިސްރާއީލުގެ ރަސްގެފާނު ދޫކޮށްލަ ދީފާނަން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


މިއީ ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ކެއުން އޮންނަ ދުވަހުގެ ކުރީ ދުވަހެވެ. އޭރު އެދުވަހު މެންދުރު ވުމާއި ވަނީ ކައިރިވެފައެވެ. ދެން ޕިލާތުސް ބަނީއިސްރާއީލު މީހުންނަށް ބުންޏެވެ. ”⁠ނިކަން ދެކެބަލަ. މިހިރީ ކަލޭމެންގެ ރަސްގެފާނު!⁠“


ދެން އޭނާ އަނެއްކާވެސް އެތެރެއަށް ވަދެ އީސާގެފާނާއި ސުވާލު ކުރިއެވެ. ”⁠ކަލޭ އައީ ކޮންތާނކުން؟⁠“ ނަމަވެސް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވިއެވެ.


ޕަތަރަސް އެ އެންމެންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެން ބަނީއިސްރާއީލު މީހުންނަށް ބަނީއިސްރާއީލު މީހުން ފިޔަވާ މީހުންނާއި ގުޅުން ބަހައްޓާ އަދި އެމީހުންގެ ގޭގެއަށް ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫން. ނަމަވެސް އަހަރެން އެއްވެސް މީހަކާ ދިމާއަށް ނުތާހިރު ހަރާން މީހެކޭ ބުނެގެން ނުވާނެ ކަން މާތްރަސްކަލާނގެ އަހަރެންނަށް އަންގަވާ ހާމަކުރައްވައިފި.


ޖައްފާއަށް ބަޔަކު ފޮނުވާށޭ. އެ ރަށުގައި ޝަމްއޫނު ޕަތަރަސްއޭ ކިޔުނު މީހަކު ވާނެއޭ. އޭނާ ހުންނާނީ އެ ރަށުގެ މީހެއްގެ ގޭގައޭ. އެމީހާގެ ނަމަކީ ވެސް ޝަމްއޫނޭ. އެ ޝަމްއޫނަކީ ގެރި ބަކަރީގެ ހަމުގެ މަސައްކަތް ކުރާ މީހެކޭ. އޭނާގެ ގެ ހުންނާނީ އެ ރަށުގެ އަތިރިމަތީގައޭ.⁠‘


”⁠ކަލޭ ތިޔަ އައީ ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ގޭގައި ހުރެފަ. އަދި އެމީހުންނާއި އެކު އެއްސުފުރާ މަތީ ކައި ވެސްފަ.⁠“


އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.


އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ