Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:20 - ކިތާބުލް މުޤައްދަސާ

20 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކިޔަވައިދިން ހުރިހާ އެއްޗެއް އަހަރެން ކިޔަވައިދިނީ ހާމަ ކަން މަތީ އެންމެންނަށް ވެސް ފެންނަގޮތަށް ދީނީ މަރުކަޒުތަކުގައި އާއި އަދި ބައިތުލް މަޤްދިސްގައި. އަހަރެން އެއްވެސް ކަމެއް ސިއްރަކުން ނުކުރަން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:20
25 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ގާތު އަލްމަސީޙު ސަހަރާގެ ތެރޭގައި ހުންނެވި ކަމަށް މީހަކު ބުންޏަސް އެތަނަށް ތިޔަބައިމީހުން ގޮސްގެން ނުވާނެ! އަދި ސިއްރު ތަނެއްގައި އެކަލޭގެފާނު ހުންނެވި ކަމަށް ތިޔަބައިމީހުންގެ ގާތު ބުންޏަސް އެކަން ގަބޫލުކޮށްގެން ނުވާނެ!


އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރައިލުމަށް ފަހު ބުންޏެވެ. ”⁠އޭނާ ބުނަމުން އެ ދަނީ ކުފުރުގެ ބަސްތައް! މިކަމުގައި އިތުރު ހެއްކެއް އަހަރެމެން ބޭނުމެއް ނުވޭ. އޭނާ ބުނި އެއްޗެއްގެ އަޑު ތިޔަބައިމީހުންނަށް ވެސް އިވިއްޖެއެއްނު.


އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


އީސާގެފާނު އެ ސަރަހައްދުގައި ހުރި ސަހަރުތަކަށާއި އަވަށްތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅުން ދީނީ މަރުކަޒުތަކުގައި ވަޢުޡު ވިދާޅުވެ، އުންގަންނަވައި ދެއްވަމުން ގެންދެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


އެ ކަލޭގެފާނުގެ އަސްޙާބީންނަށް މިވާހަކަފުޅު ވަރަށް ސާފުކޮށް އަންގައިވައިދެއްވިއެވެ. މިވާހަކަ މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ އަސްޙާބީ ޕަތަރަސް އެކަލޭގެފާނު އެއްފަރާތަށް ގެންދަވާ އެވާހަކަތައް ދެއްކުމަށް އިންކާރު ކުރިއެވެ.


ކޮންމެ ދުވަހަކު ވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ.


ބަނީއިސްރާއީލުގެ ދަންނަބޭކަލުން ކިޔަވައިދެއްވުމަށް ހަދާފައިވާ ދީނީ މަރުކަޒުތަކުގައި އެކަލޭގެފާނު މާތްރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކާއި ބެހޭގޮތުން އުނގަންނައި ދެއްވާ ހެއްދެވިއެވެ. އަދި އެންމެހައި މީސްތަކުން އެކަލޭގެފާނަށް ތާރީފުކޮށް އުޅުނެވެ.


އަހަރެން ކުރެން ތިޔަ ސުވާލު ތިޔަ ކުރަނީ ކީއްވެ؟ އަހަރެން ކިޔަވައިދިން އެއްޗެތީގެ އަޑުއެހި މީހުން ކުރެ ތިޔަ ސުވާލުކޮށްބަލަ. އަހަރެން ބުނި އެއްޗެއް އެމީހުންނަށް އެނގޭނެ.⁠“


އެކަލޭގެފާނު މި ބަސްތައް ވިދާޅުވީ ކަޕަރުނައުމްގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުގައި ކިޔަވާވިދާޅުވެ ދެއްވަމުންނެވެ.


ދެން ޢީދު ފާހަގަ ކުރުމުގެ ކަންތައްތައް މެދަކާ ހަމަޔަށް ގޮސްފައި ވަނިކޮށް އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެން އެތާނގައި މީސްތަކުންނަށް ކިޔަވާދެއްވަން ފެއްޓެވިއެވެ.


އެކަމަކު ނިކަން ބަލާލަ. އޭނާ އެ ކިޔަވައިދެނީ އެންމެންނަށް ފެންނަ ފަދައިން ހާމަކަން މަތީގަ. ނަމަވެސް އެއްވެސް މީހަކު އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރޭ. ފަހަރެއްގައި އަހަރެމެންގެ ވެރިން އޭނާއަކީ ޙަޤީޤަތުގައި ވެސް އަލްމަސީޙު ކަމުގައި ގަބޫލު ކުރީ ކަމަށް ވެސް ވެދާނެ އެއްނު.


އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ފާޅުގައި އެންމެންނަށް އިވޭނެ ފަދައިން ވިދާޅުވިއެވެ. ”⁠އާނ! ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެނގޭ. އަދި އަހަރެން އައީ ކޮންތާނކުންކަން ވެސް އެނގޭ. އެކަމަކު އަހަރެން އައީ އަހަރެން އަމިއްލައަށް އިސްނަގައިގެނެއް ނޫން. އަހަރެން ފޮނުވުނީ ތެދުވެރި ފަރާތަކުން. ކަލޭމެންނަކަށް އެފަރާތެއް ނޭނގޭ.


ކަލޭ ތިހާ މަޝްހޫރު ވާން ބޭނުމިއްޔާ ތިޔަ ގޮތަށް ފޮރުވިގެން ހުރެގެން މަޝްހޫރު ވާނީ ކިހިނެއް؟ ތިޔަހާ މޮޅެތި ކަންތައްތައް ކުރެވޭ ކަމަށްވަންޏާ ނިކަން އެކަންތައް ދުނިޔެއަށް ދައްކާލަބަލަ!⁠“


އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.


ކަލޭމެން ކުށްވެރި ކުރުމަށް ބުނާނެ އެތައް ބަސްތަކެއް އަހަރެންނަށް އެނގޭ. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅުތަކަކީ ތެދު. އެހެންކަމުން އަހަރެން މިދުނިޔޭގެ މީސްތަކުންނަށް މިބުނެދެނީ ހަމައެކަނި އަހަރެން ފޮނުއްވި ފަރާތުން އަހަރެން އަހާފައިވާ ބަސްފުޅުތައް.⁠“


އަޅުގަނޑު މި ވާހަކަދައްކަނީ މިނިވަން ކަމާއި އެކު ކެރިހުރެގެން. އެއީ މިހުރިހާ ކަމެއް ވެދިޔަ ކަން އަގިރިފާ ރަސްގެފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ. އެއީ މި ކަންތައްތައް ވެދިޔައީ ސިއްރުން އެއްކަނެއްގައި ފޮރުވިގެންވާ ފަދައަކުން ނޫން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ