2 މިތަނަކީ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ވަރަށް ގިނައިން ވަޑައިގަންނަވާ ތަނެއްކަން ޔުދާސްއަށް ރަނގަޅަށް އެނގެއެވެ.
ކޮންމެ ދުވަހަކު ވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ.
އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުމެ އާދަވެގެން ކަންތައް ކުރައްވާ ފަދައިން އެފަހަރު ވެސް އެކަލޭގެފާނު ޒައިތޫނި ފަރުބަދައަށް ރޭގެ ވަގުތު ހޭދަ ކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ވެސް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.