Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:17 - ކިތާބުލް މުޤައްދަސާ

17 އެ އަންހެންކުއްޖާ ޕަތަރަސްއަށް ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އޭނާއާއި އެއްކޮށް އުޅޭ އަސްޙާބީންގެ ތެރެއިން މީހެއް ނޫންތަ؟⁠“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަހަރެން މިއީކީ އޭގެ މީހެއް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:17
11 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠އެންމެން ސާހިބާ ދޫކުރައްވައި ދިޔަކަމުގައި ވިޔަސް އަޅުގަނޑު ސާހިބާ ދޫކޮށް ނުދާން.⁠“


ދެން އެމީހުން އެކަލޭގެފާނު ހައްޔަރު ކޮށްގެން އުއްތަމަ އިމާމުގެ ގެއަށް ގެންދިޔައެވެ. ޕަތަރަސް ތަންކޮޅެއް ދުރުގައި ހުރެގެން އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އެވަގުތު ޝަމްއޫނު ޕަތަރަސް ހީކަރުވާތީ އެތާނގައި ހުރި އަލިފާންގަނޑުގެ ކައިރީގައި ހުއްޓާ މީހަކު ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އީސާގެފާނާއި އެއްކޮށް އުޅޭ އަސްޙާބީންގެ މީހެއް ނޫންތަ؟⁠“ ޕަތަރަސް ބުންޏެވެ. ”⁠އަހަރެން މީ އޭނާޔާ އެއްކޮށް އުޅޭ މީހެއް ނޫން.⁠“


އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މީ އަހަރެން.⁠“ އެކަލޭގެފާނު މިހެން ވިދާޅުވިއިރު ޔުދާސް އެމީހުންނާއި އެކު ހުއްޓެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދާ މީހާއަކީ އަހަރެންނޭ އަހަރެން ބުނެފީމެންނު. ކަލޭމެން ތިޔަ ހޯދާ މީހަކީ އަހަރެން ނަމަ ދެން އެހެންމީހުން ދާން ދޫކޮށްލާ.⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟⁠“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!⁠“


ޕަތަރަސް އެގޭ ބޭރުދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވުމަށް އައީ އެގޭގައި ގެންގުޅޭ ރޮދާ އޭ ކިޔުނު އަންހެންކުއްޖެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ