Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:15 - ކިތާބުލް މުޤައްދަސާ

15-16 ޝަމްއޫނު ޕަތަރަސްއާއި އަދި އެހެން އަސްޙާބީއަކު އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ އަސްޙާބީއަކީ އުއްތަމަ އިމާމު ދަންނަ މީހެކެވެ. އެހެން ކަމުން އޭނާއަށް އީސާގެފާނުގެ ފަހަތްޕުޅުން ގޮސް އުއްތަމަ އިމާމުގެ ގޭގެ މެދުގޯތި ތެރެއަށް ވަދެވުނެވެ. ޕަތަރަސް ހުރީ ބޭރުގައެވެ. ނަމަވެސް އަނެއް އަސްޙާބީ އައިސް ދޮރު ބެލެހެއްޓުމަށް ހުރި އަންހެންކުއްޖާ ގާތު ބުނުމުން އެކުއްޖާ ޕަތަރަސް ވެއްދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:15
6 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ.


ޕަތަރަސް ކުޑަ ތަންކޮޅެއް ދުރުން މިކަންތައްތައް ބަލަމުން ގޮސް އުއްތަމަ އިމާމުގެ ގޯތިތެރެއަށް ވަނެވެ. އެތަނުގައި އިށީނދެގެންތިބި ފާރަވެރިންގެ ކައިރީގައި އޭނާ އިށީނދެ އެތަނުގައި ރޯކުރެވިފައިވީ އަލީފާނުން އޭނާގެ ހަށިގަނޑަށް ހޫނު ކުރަމުން ގެންދިޔައެވެ.


ދެން އެމީހުން އެކަލޭގެފާނު ހައްޔަރު ކޮށްގެން އުއްތަމަ އިމާމުގެ ގެއަށް ގެންދިޔައެވެ. ޕަތަރަސް ތަންކޮޅެއް ދުރުގައި ހުރެގެން އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އޭރު ވެސް އީސާގެފާނު ވަނީ ބަނދެވިފައެވެ. ދެން ހަންނާނު އީސާގެފާނު ކައިފާސްގެ އަރިހަށް ގެންދިއުމަށް އެންގިއެވެ.


ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ