Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:13 - ކިތާބުލް މުޤައްދަސާ

13 ފުރަތަމަ އެމީހުން އެކަލޭގެފާނު ގެންދިޔައީ ހަންނާނުގެ ގާތަށެވެ. މި ހަންނާން އަކީ އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސްގެ ބަފާކަލޭގެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:13
9 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ.


އެއަށް ފަހު އީސާގެފާނު ހައްޔަރުކުރި މީހުން އެކަލޭގެފާނު ގެންދެވީ އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށެވެ. ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން އެ ގަނޑުވަރަށް އެއްވެ ތިއްބެވެ.


އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ. އެދުވަސްވަރު މާތްރަސްކަލާނގެ ވަޙީގެ ބަސްފުޅު ޔަޙުޔާގެފާނަށް ފޮނުއްވިއެވެ. ޔަޙުޔާގެފާނު އޭރު މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދެވިއެވެ.


ދެން އޭގެތެރެއިން އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސް ބުންޏެވެ. ”⁠ކަލޭމެން ތިޔަ ދައްކަނީ ކޮންފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް؟


އޭނާ މި ބުނިއްޔަކީ އޭނާގެ އަމިއްލަ ބަސްތަކެއް ނޫނެވެ. އެ ދުވަސްވަރު އެންމެ މަތީ އިމާމަކަށް ހުރި މީހެއްގެ ގޮތުން އޭނާ އެބުނީ ޣައިބުގައި އެކަންތައް ވާން އޮތް ގޮތުގެ ވާހަކައެވެ. އޭނާ ބުނެފައި ވަނީ އީސާގެފާނުގެ ޤައުމަށްޓަކައި އަވަހާރަވެ ވަޑައިގަންނަވާނެކަމަށެވެ.


އޭރު ވެސް އީސާގެފާނު ވަނީ ބަނދެވިފައެވެ. ދެން ހަންނާނު އީސާގެފާނު ކައިފާސްގެ އަރިހަށް ގެންދިއުމަށް އެންގިއެވެ.


ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


އުއްތަމަ އިމާމު ހަންނާނު އާއި ކައިފާސް އާ ޔޫޙަންނާ އާއި އިސްކަންދަރާއި އަދި މިނޫނަސް އުއްތަމަ އިމާމުގެ އާއިލާގައި ހިމެނޭ އެހެން ވެސް ބައެއް ފިރިހެނުން އެތަނުގައި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ