Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 18:12 - ކިތާބުލް މުޤައްދަސާ

12 ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 18:12
17 ပူးပေါင်းရင်းမြစ်များ  

އަދި މާތްކަލާނގެ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ.


އަދި މި ދެ ޚާދިމުން ހައްޔަރު ކުރެވުނު ޖަލަކީ ރަސްގެފާނުގެ ގަނޑުވަރުގެ ފާރަވެރިންގެ އިސްވެރިޔާގެ ގޭގައި ހުންނަ ޖަލެވެ. އަދި ޔޫސުފުގެފާނު ވެސް ހައްޔަރު ކުރެވިފައި ވަނީ މިޖަލުގައެވެ.


އެއަށް ފަހު އީސާގެފާނު ހައްޔަރުކުރި މީހުން އެކަލޭގެފާނު ގެންދެވީ އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށެވެ. ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން އެ ގަނޑުވަރަށް އެއްވެ ތިއްބެވެ.


ދެން އެބައިމީހުން އެކަލޭގެފާނު ބެންނެވިއެވެ. އަދި އެކަލޭގެފާނު ރޯމުގެ ގަވަރުނަރު ޕިލާތުސްގެ ކައިރިއަށް ގެންދެވިއެވެ.


އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ.


އެއަށް ފަހު އެބައިމީހުން އުއްތަމަ އިމާމުގެ ގެއަށް އީސާގެފާނު ގެންދެވިއެވެ. އޭރު އެތަނުގައި ބޮޑު އިމާމުންނާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި، އަދި ދީނުގެ ދަންނަބޭކަލުން އެ ގޭގައި އެއްވެ ތިއްބެވެ.


ހެނދުނު އިރުއެރުމުން ބަނީއިސްރާއީލުގެ ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ ވެރިންނާއި ކުއްލި ގޮތެއްގައި ބޮޑު އިމާމުންނާއި ބައްދަލު ކުރުމަށް ފަހު މިކަމާއި އެމީހުން އަމަލުކުރާނެ ގޮތް ރާވައި ނިންމިއެވެ. އަދި އީސާގެފާނު ހައްޔަރު ކޮށްގެން ހިލިހިލާ ޖަހައިގެން ޕިލާތުސްގެ ކައިރިއަށް ގެންދެވުނެވެ.


ދެން އެމީހުން އެކަލޭގެފާނު ހައްޔަރު ކޮށްގެން އުއްތަމަ އިމާމުގެ ގެއަށް ގެންދިޔައެވެ. ޕަތަރަސް ތަންކޮޅެއް ދުރުގައި ހުރެގެން އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


ބޮޑުންގެ ގޮތުގައި ތިބި އިމާމުންނާއި ފަރީސީން ޔުދާސް އާއިއެކު ރޯމު ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ލަޝްކަރެއް ފޮނުވިއެވެ. ދެން އެމީހުން ފާނޫޒުތަކާއި، ދަންމަރު ރޯކޮށްގެން އަދި ހަތިޔާރު ހިފައިގެން ޔުދާސްއާއި އެކު އެ ޒައިތޫނި ދަނޑަށް ދިޔައެވެ.


ރޯމުގެ ސިފައިންގެ އޮފިސަރެއް ކަމުގައިވާ ކޮރުނޭލިޔުސް އޭ ކިޔުނު މީހަކު ކައިސަރިޔާގައި އުޅުނެވެ. މީނާއަކީ އިޓަލީގެ ސިފައިންގެ ސެކްޝަން ގެ ވެރިއެކެވެ.


މި އެއްވި އެންމެން ވެގެން ޕައުލް މަރާލަން އުޅެނިކޮށް ޖެރޫސަލަމުގައި ބަޣާވަތެއް ހިނގައިގެން އުޅޭ ޚަބަރު ރޯމު ސިފައިންގެ ކޮމާންޑަރަށް ލިބުނެވެ.


ސިފައިން ޕައުލް ގެންގޮސް ސިފައިންގެ ކޮއްޓަށް ވައްދަނިކޮށް ޕައުލް ސިފައިންގެ ކޮމާންޑަރަށް ބުންޏެވެ. ”⁠އަޅުގަނޑު ތިޔަބޭފުޅާއަށް ބަހެއް ބުނުމުގެ ހުއްދަ އެބައޮތް ތޯ؟⁠“ ސިފައިންގެ ކޮމާންޑަރު ބުންޏެވެ. ”⁠ކަލެއަށް ގުރީކު ބަސް އެނގޭ ތަ؟⁠“


އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ