ޔޫޙަންނާ 17:7 - ކިތާބުލް މުޤައްދަސާ7 އަޅުގަނޑަށް ލިބިފައި ހުރިހާކަމެއް ލިބިގެން އައިސްފައި ވަނީ އިނބަރަސްކަލާނގެ ޙަޟްރަތުން ކަން މިހާރު އެމީހުންނަށް އެނގިއްޖެ. အခန်းကိုကြည့်ပါ။ |
”އިނބަރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުންގެ ތެރޭން އަޅުގަނޑަށް ދެއްވި މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު ހާމަ ކޮށް ދީފިން. އެމީހުންނަކީ އިނބަރަސްކަލާނގެ މިލްކުގައިވާ މީހުން. އިނބަރަސްކަލާނގެ އެމީސްތަކުން އަޅުގަނޑަށް ދެއްވައިފީމު. އެމީސްތަކުން އިނބަރަސްކަލާނގެ ބަސްފުޅަށް ކިޔަމަން ގެންފި.
އެހެން ކަމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން އިންސާނާގެ ދަރިކަލުން މައްޗަށް ނަގާ އުފުލާ ދުވަހު ކަލޭމެންނަށް އަހަރެން މިއީ އެކަލޭގެފާނުކަން އެނގޭނެ. އަދި އަހަރެން އެއްވެސް ކަމެއް އަހަރެން އަމިއްލަޔަށް ނުކުރާ ކަމާއި، އަދި އަހަރެން މިބުނާ ހުރިހާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން ކަމާއި، އެބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އަހަރެންނަށް އެންގެވި ބަސްފުޅުތައް ކަން ވެސް ކަލޭމެންނަށް އެނގޭނެ.