Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 17:2 - ކިތާބުލް މުޤައްދަސާ

2 ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި މީސްތަކުންނަށް ނިމުންނުވާ ދިރިހުރުން ދިނުމުގެ އިޚުތިޔާރުވަނީ އަޅުގަނޑަށް ދެއްވާފައި.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 17:2
31 ပူးပေါင်းရင်းမြစ်များ  

”⁠އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.


”⁠އިނބަރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުންގެ ތެރޭން އަޅުގަނޑަށް ދެއްވި މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު ހާމަ ކޮށް ދީފިން. އެމީހުންނަކީ އިނބަރަސްކަލާނގެ މިލްކުގައިވާ މީހުން. އިނބަރަސްކަލާނގެ އެމީސްތަކުން އަޅުގަނޑަށް ދެއްވައިފީމު. އެމީސްތަކުން އިނބަރަސްކަލާނގެ ބަސްފުޅަށް ކިޔަމަން ގެންފި.


އަޅުގަނޑު މި ދުޢާކުރަނީ ދުނިޔޭގެ މީސްތަކުންނަށްޓަކައެއް ނޫން. އަޅުގަނޑު މި ދުޢާ ކުރަނީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި މީހުންނަށްޓަކައި. އެއީ އެ މީހުންނަކީ އިނބަރަސްކަލާނގެ މީސްތަކުން.


އުޑުގައިވޮޑިގެންވާ ބައްޕާފުޅު އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގެންވޭ. އަދި ހުރިހާ އެއްޗަކާއި ކަމެއްގެ މައްޗަށް ފުރިހަމައަށް ބާރު ހިންގުމުގެ އިޚުތިޔާރު ވަނީ އެކަލޭގެފާނަށް ދެއްވާފަ.


އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން.


އަހަރެން ފޮނުއްވި ފަރާތުގެ އެދުމަކީ އެފަރާތުން އަހަރެންނަށް ދެއްވި އެއްވެސް މީހަކު ގެއްލިގެން ދިޔަ ނުދިނުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެ އެންމެން ވެސް އަލުން ދިރުއްވުން.


އެއީ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރުއްވި ހިނދު އެކަލާނގެ ބޭނުން ކުރެއްވި ކުޅަދުންވަންތަ ކަމެވެ. އަދި އެކަލޭގެފާނު އުޑަށް އުފުއްލެވުނު ހިނދު އެކަލާނގެ ކަނާތްޕުޅު ފަރާތުގައި އާރާއިބާރުވެރި ގޮތުގައި އިންނެވި ފަދައިންނެވެ.


އެހެންވީމާ، މިދުނިޔެ އާއި ސުވަރުގޭގެ އިތުރުން އަދި މަރުވެ ދިޔަ ހުރިހާ އެންމެން އީސާގެފާނުގެ ނަންފުޅަށް ސަޖިދަ ކޮށް އަޅުކަން ކުރާނެއެވެ.


އަހަރެންނާއިމެދު މާތްރަސްކަލާނގެ ކޮޅެއްނެތްހާ ކެތްތެރިކަމާއެކު ބައްލަވާ ވޮޑިގެން އަހަރެންފަދަ އެންމެ ނުބައި ފާފަވެރިއަކަށް އެކަލާނގެ ރަޙުމަތްވަންތަކަން ދެއްވުމުގެ ބޭނުންފުޅަކީ އީސާ އަލްމަސީޙާއި މެދު ޢާންމު ނަމޫނާއެއްކަމުގައި އަހަރެން ލެއްވުމެވެ. ހަމައެހެންމެ، އެހެންމީހުން މިކަން ބަލައި އެނގި އެކަލޭގެފާނު ގަބޫލުކޮށް އީމާން ވުމުން ނިމުންނުވާ ޙަޔާތް ލިބުމެވެ.


އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ.


އަލްމަސީޙު މިހާރު ވަޑައިގެން ވަނީ ސުވަރުގޭގައެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި މަތިވެރި ކަމާއެކުގައި ވަޑައިގެން ވެއެވެ. އަދި އެންމެހާ މަލާއިކަތުންނާއި އެންމެހާ ބާރުވެރި ފަރާތްތަކެއްގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ލިބިގެން ވަނީ އެކަލޭގެފާނަށެވެ.


ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.


އަހަރެމެންނަށް ދެއްވާނެކަމަށް އަލްމަސީޙު ވަޢުދުވެ ވަޑައިގެންނެވީ ނިމުންނުވާ ޙަޔާތެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ލޯބިފުޅާއެކު އުޅެމުން ގެންދާށެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ރަޙުމަތާއެކު ތިޔަބައިމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވާނެ ދުވަހަކަށް ބަލަބަލައި ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ