ޔޫޙަންނާ 17:19 - ކިތާބުލް މުޤައްދަސާ19 އެމީހުންގެ ޙައްޤުގައި އަޅުގަނޑު އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަންނަން. އެއީ އެމީހުން ވެސް ޙަޤީޤީ މާނައިގައި އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަތުމަށްޓަކައި.“ အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނަށް ލިބިދިން މި ހެޔޮޚަބަރުފުޅު މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. އަދި އެއިން މޭވާއަޅާ އެމޭވާއިން މީހުންގެ ދިރިއުޅުން ބަދަލުކުރެއްވެއެވެ. އެއީ އެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ފުރަތަމަ އަޑުއިވި މާތްރަސްކަލާނގެ އަޖައިބުކުރުވަނިވި ނިޢުމަތަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގުނު ދުވަހުން ފެށިގެން ތިޔަބައިމީހުންގެ ދިރިއުޅުން ވެސް އެހެޔޮޙަބަރުފުޅު ބަދަލުކުރެއްވި ފަދައިންނެވެ.
އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟