Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 17:17 - ކިތާބުލް މުޤައްދަސާ

17 ތެދު ބަސްފުޅާ އެއްގޮތް ވާގޮތުގެ މަތިން އެމީހުންނަކީ އިނބަރަސްކަލާނގެ އަށް ޚާއްސަ ކުރެވިފައިވާ ބައެއް ކަމުގައި ލައްވަވާށި. އެހެނީ އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤު ތެދު.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 17:17
23 ပူးပေါင်းရင်းမြစ်များ  

ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއީ އެންމެ މަތިވެރި ރަސްކަލާނގެ. އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤުތެދު. އިނބަރަސްކަލާނގެ މިއަޅާއަށް ވަޢުދުފުޅު ވަނީ މިއަޅާއާ މެދު ހެޔޮކޮށް ކަންތައް ކުރެއްވުމަށް.


އަހަރެން ދެންމެ މިކިޔާދިން ވާހަކައިގެ މާނަ މިބުނެދެނީ. މިއޮށްތަކަކީ މާތްރަސްކަލާނގެ އެންގެވި އެކަލާނގެ ބަސްފުޅުތައް.


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


އަހަރެން ކަލޭމެންނަށް އަންގައިދިން ބަސްތަކުގެ ސަބަބުން ކަލޭމެން ތިޔަ ވަނީ އެފަދަ ގޮފިތަކެއް ފަދައިން ކޮށައި ސާފުކުރެވިފައި.


އެމީހުންގެ ޙައްޤުގައި އަޅުގަނޑު އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަންނަން. އެއީ އެމީހުން ވެސް ޙަޤީޤީ މާނައިގައި އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަތުމަށްޓަކައި.⁠“


އަދި އޭރުން ކަލޭމެންނަށް ތެދަކީ ކޮބައިކަން ސާފުކޮށް އެނގޭނެ. އަދި އެތެދުގެ ސަބަބުން ކަލޭމެންނަކީ ފުރިހަމަ މިނިވަނުން ކަމުގައިވާނެ.⁠“


އަހަރެން ކަލޭމެންގެ ގާތުގައި ބުނެފައިވާނީ ތެދުބަސްތައް. އެއީ މާތްރަސްކަލާނގެ ކިބަފުޅުން އަހަރެންނަށް އިވުނު ބަސްފުޅުތައް. އެކަމަކު ކަލޭމެން ތިއުޅެނީ އަހަރެން މަރާލަން. އެއަކީ އިބްރާހީމްގެފާނު ކަން ކުރައްވާނެ ގޮތެއް ނޫން.


މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ ވެސް ކަން ކުރެއްވީ ހަމަ އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން ވެސް އީމާންވި މީހުންނާ މެދު ކަން ކުރެއްވި ފަދައިން. އެއީ އެމީހުން ވެސް އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާންވުމުން މާތްރަސްކަލާނގެ އެމީހުންގެ ހިތްތަށް ވެސް ސާފުތާހިރު ކޮށްދެއްވި.


އެކަލޭގެފާނީ ޙައްޤު ތެދުމެއެވެ. އަދި އެކަލޭގެފާނާއިމެދު ތިޔަބައިމީހުން އަޑުއަހާ އުނގެނިގަތީމުއެވެ.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.


އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ