Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 17:14 - ކިތާބުލް މުޤައްދަސާ

14 އިނބަރަސްކަލާނގެ އެންގެވުންތައް އަޅުގަނޑު އެމީހުންނަށް ފޯރުކޮށް ދިނިން. އެމީހުން ދެކެ ދުނިޔެ ނަފްރަތު ކުރޭ. އެހެނީ އެމީހުންނަކީ ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން. އެއީ އަޅުގަނޑަކީ ވެސް ދުނިޔެވީ މީހަކަށް ނުވާ ފަދައިން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 17:14
15 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ހެޔޮ މީހުން ބޭއިންސާފުވެރި މީހުން ދެކެ ނަފްރަތުކުރެވެ. ނުބައި މީހުން ޞާލިޙުން ދެކެ ނަފްރަތު ކުރެއެވެ.


އެ ދެބެއިން ޖަވާބު ދެއްވިއެވެ. ”⁠އަޅުގަނޑުމެންނަށް ކުރެވޭނެ.⁠“ އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް އަހަރެން ބޯނެ ވޭންދެނިވި ތަށިން ތިޔަބައިމީހުން ވެސް ބޯން ޖެހޭނެ. އަދި އަހަރެން ފެތިގެންދާނެ ހިތާމަ އާއި ވޭންދެނިވި ކަނޑަށް ތިޔަބައިމީހުން ވެސް ފެތިގެންދާނެ.


ހަމަ އަޅުގަނޑެކޭ ވެސް އެއްފަދައިން އެމީހުންނަކީ ވެސް މި ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ތިރީ ދުނިޔޭގެ މީހުން. އަހަރެން މިއީ މަތީ ދުނިޔޭގެ މީހެއް. ކަލޭމެންނަކީ މި ދުނިޔޭގެ މީހުން. ނަމަވެސް އަހަރެންނަކީ މިދުނިޔޭގެ މީހެއް ނޫން.


އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.


އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ! މި ދުނިޔޭގެ މީހުން ތިޔަބައިމީހުންނާ މެދު ނަފްރަތު ކުރުމުން އެކަމާމެދު ތިޔަބައިމީހުން ޙައިރާން ނުވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ