Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 17:12 - ކިތާބުލް މުޤައްދަސާ

12 އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 17:12
17 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’⁠އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.⁠‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.


”⁠އިނބަރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުންގެ ތެރޭން އަޅުގަނޑަށް ދެއްވި މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު ހާމަ ކޮށް ދީފިން. އެމީހުންނަކީ އިނބަރަސްކަލާނގެ މިލްކުގައިވާ މީހުން. އިނބަރަސްކަލާނގެ އެމީސްތަކުން އަޅުގަނޑަށް ދެއްވައިފީމު. އެމީސްތަކުން އިނބަރަސްކަލާނގެ ބަސްފުޅަށް ކިޔަމަން ގެންފި.


އީސާގެފާނު އެފަދައިން ކަންތައް ކުރެއްވީ އެކަލޭގެފާނު ކުރީގައި ވިދާޅުވެފައިވާ ބަސްފުޅު ތެދަކަށް ހެއްދެވުމަށެވެ. އެހެނީ އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ”⁠މީގެ ތެރެއިން، އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި އެކަކު ވެސް، ގެއްލިގެން ދިޔަކަ ނުދޭނަން.⁠“


އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން.


ޔުދާސް ޚިޔާނާތްތެރި ވި. އޭނާއާ މެދު ކަންތައް ވާންވީ ފަދައިންވެ ނިމި ހިނގައްޖެ. ޔުދާސްގެ ބަދަލުގައި މަންދޫބެއްގެ ގޮތުން މާތް ސާހިބާ އެންގެވި ކަންތައްތައް ކުރުމަށް، މި ދެމީހުންގެ ތެރެއިން ޢައްޔަން ކުރެއްވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.⁠“


މި ކިޔަމަންތެރިވެ ވަޑައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވިއެވެ. އަދި ސުވަރުގޭގެ އެންމެ މަތިވެރި މަޤާމަށް އެކަލޭގެފާނު އުފުއްލަވާ އެއްވެސް ފަރާތަކަށް ރައްދު ނުކުރެވޭފަދަ ލަގަބެއް ދެއްވާ މަތިވެރި ކުރެއްވިއެވެ.


ހަމައެހެންމެ، މީސްތަކުން ދައްކާ ވާހަކަތަކުން ތިޔަބައިމީހުން އެއްގޮތަކަށް ވެސް މޮޔަހެއްދިޔަ ނުދޭށެވެ! އެހެނީ މީސްތަކުން މާތްރަސްކަލާނގެ އާއި އިދިކޮޅަށް ބަޣާވާތް ހިންގައި، އަދި މާތްރަސްކަލާނގެ ނައްތާލުމަށް ނިޔާކަނޑައަޅާފައިވާ އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅުވުމުގެ ކުރިން މާތްސާހިބާ އެނބުރި ވަޑައި ނުގަންނަވާނެއެވެ.


އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ. ”⁠ތިމަންކަލޭގެފާނު ވަކީލު ކުރާނީ އިނބަރަސްކަލާނގެއަށެވެ.⁠“ އަދި މިހެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިމަންކަލޭގެފާނު މިހިރީއެވެ! އިނބަރަސްކަލާނގެ ތިމަންކަލޭގެފާނަށް ދެއްވި ދަރިންތަކާ އެކުގައެވެ.⁠“


އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.


އެކަލޭގެފާނުގެ ލޯ ވަނީ އަލިފާން ހުޅުގަނޑެއް ފަދައިންނެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި ގިނަ ޢަދަދެއްގެ ތާޖު އެޅިފައި ވެއެވެ. އެކަލޭގެފާނުގެ ނަންފުޅު އެކަލޭގެފާނުގެ ހަށިގަނޑުގައި ލިޔެވިގެން ވެއެވެ. ނަމަވެސް އެކަލޭގެފާނު ފިޔަވައި އެ ނަންފުޅު އެނގޭ މީހަކު ނުމެވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ