Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 16:33 - ކިތާބުލް މުޤައްދަސާ

33 އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 16:33
46 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


”⁠މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!⁠“


ދެން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މި ދުނިޔޭގެ މީސްތަކުންގެ މައްޗަށް ހިސާބުބެއްލެވުމުގެ ވަގުތު ޖެހިއްޖެ. މި ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ ދެން ބޭރުކޮށްލެވިދާނެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ.


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


އަދި އެމީހުން ހިސާބު ބެއްލެވުމާ މެދު އެދެކެނީއަކީ ރަނގަޅަކަށެއް ނޫން. އެގޮތަކީ މިހާރު ވެސް މީހަކު ވަނީ ކުށްވެރިވެ ނިމިފައި. އެމީހަކީ މި ދުނިޔޭގެ ވަލީޢަހުދު، ޝައިތާނާ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“


ދެން މިހާރު ތިޔަ ގޮތަށް ހިތްވަރު އެލުވާ ނުލާ. އޮޑި ހަލާކުވެގެން ދާނެ. ނަމަވެސް އަހަރެމެން އެކަކުގެ ވެސް ފުރާނައަކަށް ގެއްލުމެއް ނުވާނެ.


ދެން ޕައުލް ބުންޏެވެ. ”⁠އެހެންވީމާ ބިރުނުގަންނޭ. އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކުރަން. މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން އެކަލާނގެ ކަންތައް ކުރައްވާނެ.


ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.


އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.


އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.


މިފަދައިން އަމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ. އަދި މި ސުލްޙަވެރިކަމަކީ އިންސާނުންނަށް ދެނެގަތުމަށް ވުރެން މާ މަތިވެރި ކަމެއްމެއެވެ. މި ސުލްޙަވެރިކަމުގެ ސަބަބުން ތިޔަބައިމީހުން ބިރުވެތިވާން ޖެހޭފަދަ އިޙުސާސްތަކުން ނުވަތަ ކަންބޮޑުވާންޖެހޭ ފިކުރުތަކުން ރައްކާތެރިކޮށް ދެއްވާނެތެވެ. މި ރައްކާތެރިކަން ލިބިދެނީ ތިޔަބައިމީހުން އަލްމަސީޙު އީސާގެފާނަށް މިލްކުވެގެން ވާތީއެވެ.


ހުރިހާ ތަކެއްޗެއް މާތްކަލާނގެއާ އަލުން ގުޅުވިފައި ވަނީ އެކަލޭގެފާނު މެދުވެރިވެގެންނެވެ. މިގޮތުން އެކަލޭގެފާނު ވަނީ އުޑާއި ބިމުގައިވާހައި ތަކެއްޗެއްގެ މެދުގައި ސުލްޙަވެރި ގުޅުން ގާއިމުކޮށް ދެއްވާފައެވެ. އެކަން އެހެންވީ ސަލީބުގައި ވީއިރު އެކަލޭގެފާނުގެ ހަށިކޮޅުން އޮހިގެންދިޔަ އެކަލޭގެފާނުގެ ލޭފޮދު މެދުވެރިވެއެވެ.


އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން އެންމެން ވޭނާއި ކެކުޅުން އުފުލާން ޖެހޭނެ ކަމުގައި އަހަރެމެން ބުނީމެވެ. އަދި އަހަރެމެން ބުނެދިން ފަދައިން އެކަންތައްތައް ހިނގައިދިޔަކަން ތިޔަބައިމީހުން ދަންނާނެއެވެ.


އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތަޙައްމަލު ކުރަމުން މިގެންދާ މުސީބާތްތަކާއި ވޭންތަކުގެ ތެރޭގައި އަހަރެމެންނަށް މަތިވެރި ހިތްވަރެއް ލިބިދިން ސަބަބަކީ ތިޔަ އަޚުންނާއި އުޚުތުންގެ ކިބައިގައި ހުރި ވަރުގަދަ އީމާންތެރިކަމުގައި ދެމިތިބުން ވެސް މެއެވެ.


އަހަރެންގެ ދުޢާ އަކީ ސުލްހައިގެ ވެރި މާތްސާހިބާ ތިޔަބައިމީހުންގެ ހިތްތަކަށް ހުރިހާ ވަގުތުތަކާއި ޙާލަތުތަކުގައި ވެސް ސުލްޙަވެރިކަން ދެއްވުމެވެ.


އީސާ އަލްމަސީޙާއި އެކުގައިވެ ދީންމަތީ ދިރިއުޅެމުން ގެންދަން އެދޭ ކޮންމެ މީހަކުމެ ވޭނާއި ބޭއިންސާފުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ.


އެހެންނޫންނަމަ ފާފައިގެ ވަގުތީ އުފާ ހޯދުމުގައި ދުވަސްތައް ހޭދަ ކުރެއްވުމުގެ ބަދަލުގައި، މާތްރަސްކަލާނގެ މީހުންނާއެކު ދަތިހާލުގައި އުޅުއްވުމަށް އެކަލޭގެފާނު ޚިޔާރު ނުކުރެއްވީހެވެ.


އިބްރާހީމްގެފާނު ގެންނެވި ޣަނީމާގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. މަލްކީޞާދިޤުގެ ނަމުގެ މާނައަކީ ”⁠އަދުލުވެރި ރަސްގެފާނު⁠“ އެވެ. އެކަލޭގެފާނަކީ ”⁠ސާލީމުގެ ރަސްގެފާނު⁠“ ވެސްމެއެވެ. މާނައަކީ ”⁠ސުލްޙައިގެ ރަސްގެފާނު⁠“ އެވެ.


ޝައިތާނާއާއި ދެކޮޅަށް ހަރުދަނާ ގޮތުގައި ގާއިމުވެ ވަރުގަދަ އީމާންތެރިކަމެއްގައި ތިބޭށެވެ. މަސީޙީ ޖަމާޢަތުގެ ތިޔަ އަޚުންނާއި އުޚުތުން ހަނދާންކުރާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ މަސީޙީން ތިޔަބައިމީހުންނެކޭ އެއްފަދައިން ވޭން ތަޙައްމަލު ކުރަމުން ދެއެވެ.


ބަފައިންނަށް މިފަދައިން އަހަރެން މިލިޔަނީ ދުނިޔެ ފެށުމުގެ ކުރީގައި ވެސް ހުންނެވި އަލްމަސީޙު ތިޔަބައިމީހުންނަށް އެނގިފައިވާތީއެވެ. ޒުވާނުންނޭވެ! ތިޔަ އެންމެހައި ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފައި ވާތީއެވެ. އަހަރެންގެ ލޮބުވެތި ދަރިންނޭވެ! އަހަރެން މިފަދައިން ތިޔަ ދަރިންނަށް ލިޔާ ސަބަބަކީ ތިޔަ ދަރިންނަށް މަތިވެރި ބައްޕާފުޅު އެނގިފައިވާތީއެވެ.


ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.


އެކަލާނގެ ކޮންމެ ދަރިއަކަށް ވެސް ޝައިތާނީ ދުނިޔޭގެ މައްޗަށް ފަތަޙަ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މި ފަތަޙަ އަހަރެމެންނަށް ލިބެނީ އަހަރެމެންގެ އީމާންތެރިކަމުންނެވެ.


އެބައިމީހުންވަނީ ޅަކަންބަޅި ޤުރުބާން ކުރެވިދިޔަ ލެއިން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފަ. އަދި އެބައިމީހުން ގަތުލު ކުރުމަށް ދާންދެން އީސާގެފާނާއި ބެހޭ ހެޔޮ ޚަބަރުފުޅާއި މެދު ހެކިދެމުން ދިޔައީތީ ވެސް މެ. އެހެނީ ދުނިޔަވީ ޙަޔާތަށް އެބައިމީހުން ލޯތްބެއް ނުކުރީމު.


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


އަހަރެން ޖަވާބު ދެއްވީމެވެ. ”⁠ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.⁠“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”⁠އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ