ޔޫޙަންނާ 16:32 - ކިތާބުލް މުޤައްދަސާ32 ނަމަވެސް އެފަދަ ވަގުތެއް އެބައާދޭ، އެވަގުތު މިހާރު ވެސް މި ވަނީ އައިސްފައި. އެއީ ކަލޭމެން އެންމެން އަހަރެން އެކަނިކޮށްލާފައި އެކި ތަންތަނަށް ވިއްސިވިހާލިވެ އެމީހެއްގެ ގެޔަށް އެމީހަކު ހިނގައިދާނެ. އޭރަކުން ވެސް އަހަރެން އެކަންޏެއް ނުވާނެ. އެހެނީ ބައްޕާފުޅު ވަނީ އަހަންނާ އެކުގައި. အခန်းကိုကြည့်ပါ။ |
ނަމަވެސް އެދުވަހެއް އެބައާދޭ. އަދި ކީއް! އެދުވަސް މީހާރު ވެސް މި ވަނީ އައިސްފަ. އެދުވަހަކުން ތެދުވެރި އަޅުވެރިން، އުޑުގައިވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާނީ މާތްރޫޙުފުޅު ދައްކަވާ ތެދުމަގުން. މާތްރަސްކަލާނގެ ހޯއްދަވަނީ އެފަދައިން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ މީހުން.
ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.