Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 16:30 - ކިތާބުލް މުޤައްދަސާ

30 ކަލޭގެފާނަށް ހުރިހާ އެއްޗެއް ވެސް އެނގިވަޑައިގެންވާ ކަމާއި އަދި އެއްވެސް މީހަކު ކަލޭގެފާނުގެ ކުރެން ސުވާލެއް ކުރާކަށް ނުޖެހޭނެކަން މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ. މިކަމުގެ ސަބަބުން ކަލޭގެފާނު ވަޑައިގެންނެވީ މާތްރަސްކަލާނގެ ކިބަފުޅުން ކަން ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 16:30
12 ပူးပေါင်းရင်းမြစ်များ  

އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އަހަރެން އިރުކޮޅަކުން ކަލޭމެންނަކަށް ނުފެންނާނެއޭ، އަނެއްކާ އިރުކޮޅަކުން ފެންނާނެއޭ، އޭގެ މާނައަކީ އަޅެ ކޮބައިތަ؟ އަހަރެން މިދަނީ ބައްޕާފުޅުގެ ގާތަށޭ، އެވިދާޅުވި ބަހުގެ މާނައަކީ ކޮބައިތަ؟


އަދި އެދުވަސް އައުމުން ކަލޭމެން އަހަރެން ކުރެން އެއްވެސް ކަމަކަށް އެދޭކަން ނުޖެހޭނެ. އަހަރެންގެ ނަމުގައި ކަލޭމެން ބައްޕާފުޅު ކުރެން އެދޭ ކޮންމެ ކަމެއް ބައްޕާފުޅު ކޮށްދެއްވާނެ.


އޭރުން ކަލޭމެންނަށް ސީދާ ބައްޕާފުޅުގެ އަރިހުން އަހަރެންގެ ނަމުގައި ކަންކަމަށް އެދެވޭނެ. އޭގެ މާނައަކީ، އޭރުން އަހަރެން ބައްޕާފުޅުގެ ކިބައިން ކަލޭމެންނަށްޓަކައި ކަންކަމަށް އެދި ދަންނަވާކަށް ނުޖެހޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މިހާރު އެންމެފަހުން ކަލޭމެން ގަބޫލު ކޮށްފިންދޯ؟


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.


އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“


ބައްޕާފުޅު ދަރިކަލުންދެކެ ލޯބިފުޅުވެ ވޮޑިގެންވާތީ ބައްޕާފުޅު ކުރައްވާ ހުރިހާ ކަމެއް ދަރިކަލުންނަށް އަންގަވާ. ބައްޕާފުޅު މިއަށް ވުރެ އަދި މާ މަތިވެރި ކަންތައްތައް ކުރައްވަން ވެސް ދަރިކަލުންނަށް އަންގަވާނެ. އަދި އޭރުން ކަލޭމެން އެންމެން ވެސް މާހައިރާންވެ އަންތަރީސްވާނެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.


ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ