29 ދެން އަސްޙާބީން ދެންނެވިއެވެ. ”އަދިކިރިޔާ އަޅުގަނޑުމެންނަށް އެނގޭފަދަ ގޮތަކަށް، މިސާލުބަސްތައް ބޭނުން ނުކުރައްވައި، ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި ތިޔަ ވާހަކަތައް ވިދާޅުވަނީ.
އީސާގެފާނުގެ އުނގަންނަވައި ދެއްވި ދެއްވުންތަކުގައި މާނަފުން ވާހަކަފުޅު ބޭނުން ނުކުރައްވައި އެބައިމީހުންނަށް އެއްވެސް ވާހަކައެއް އުނގަންނަވައި ނުދެއްވައެވެ.
އެ ކަލޭގެފާނުގެ އަސްޙާބީންނަށް މިވާހަކަފުޅު ވަރަށް ސާފުކޮށް އަންގައިވައިދެއްވިއެވެ. މިވާހަކަ މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ އަސްޙާބީ ޕަތަރަސް އެކަލޭގެފާނު އެއްފަރާތަށް ގެންދަވާ އެވާހަކަތައް ދެއްކުމަށް އިންކާރު ކުރިއެވެ.
އީސާގެފާނު މި މިސާލު ބޭނުން ކުރައްވައި ވިދާޅުވި މި ވާހަކައިގެ މާނަ އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއެހި މީހުންނަކަށް ނުވިސްނުނެވެ.
އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.