Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 16:25 - ކިތާބުލް މުޤައްދަސާ

25 އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 16:25
19 ပူးပေါင်းရင်းမြစ်များ  

ހަރުބަހުން މީހުން ބުނެއުޅޭ މާނަ ފުން ބަސްތައް ދެނެގަނެވެއެވެ. އަދި އޮޅުންނުފިލާ އަރަތެއް ފަދަ ބަސްތައް ފަހުމުވެދެއެވެ.


ދެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މި މާނަފުން ވާހަކަ ދޭހަ ނުވާ ނަމަ ތިޔަބައިމީހުންނަކަށް މިފަދަ އެހެން ވާހަކައެއް ވެސް ދޭހައެއް ނުވާނެ.


އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.


އެ ކަލޭގެފާނުގެ އަސްޙާބީންނަށް މިވާހަކަފުޅު ވަރަށް ސާފުކޮށް އަންގައިވައިދެއްވިއެވެ. މިވާހަކަ މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ އަސްޙާބީ ޕަތަރަސް އެކަލޭގެފާނު އެއްފަރާތަށް ގެންދަވާ އެވާހަކަތައް ދެއްކުމަށް އިންކާރު ކުރިއެވެ.


އެވަގުތު ބަނީއިސްރާއީލުގެ ވެރިން އެކަލޭގެފާނު ވަށާލައި ކުރި ބައްދާފަ ބުންޏެވެ. ”⁠ކަލޭ ތިޔަ އުޅެނީ އަހަރެމެން މި ގޮތަށް ޝައްކުމަތީ ކިހާ ދުވަހަކު ބައިތިއްބަން ކަމަށްތަ؟ ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ނަމަ ސާފުކޮށް ބުނެބަލަ.⁠“


އީސާގެފާނު މި މިސާލު ބޭނުން ކުރައްވައި ވިދާޅުވި މި ވާހަކައިގެ މާނަ އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއެހި މީހުންނަކަށް ނުވިސްނުނެވެ.


އަހަރެން ކަލޭމެން ގާތު ބުނަން ބޭނުން އެތައް އެތައް ބަސްތަކެއް އަދިވެސް އެބަހުރި. ނަމަވެސް މި ވަގުތު އެހުރިހާ ކަމެއް ވިސްނި އެނގުމުގެ ކުޅަދާނަކަމެއް ކަލޭމެންނަކަށް އަދި ލިބިފައެއް ނުވޭ.


ކަލޭމެން ދީނީ މަރުކަޒުތަކުން ބޭރުކޮށްލެވޭނެ. އަދި ކޮބާ، ކަލޭމެން މެރުމަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ހެޔޮކަމެއް ކަމުގައި މީސްތަކުން ދެކޭނެ ފަދަ ދުވަހެއް ވެސް އެބައާދޭ.


ނަމަވެސް އެފަދަ ވަގުތެއް އެބައާދޭ، އެވަގުތު މިހާރު ވެސް މި ވަނީ އައިސްފައި. އެއީ ކަލޭމެން އެންމެން އަހަރެން އެކަނިކޮށްލާފައި އެކި ތަންތަނަށް ވިއްސިވިހާލިވެ އެމީހެއްގެ ގެޔަށް އެމީހަކު ހިނގައިދާނެ. އޭރަކުން ވެސް އަހަރެން އެކަންޏެއް ނުވާނެ. އެހެނީ ބައްޕާފުޅު ވަނީ އަހަންނާ އެކުގައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ