Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 16:24 - ކިތާބުލް މުޤައްދަސާ

24 މީގެ ކުރިން ދުވަހަކު ވެސް އަދި ކަލޭމެން މިފަދައިން އެދިފައެއް ނުވޭ. ނަމަވެސް މިހާރު ކަލޭމެން އަހަރެންގެ ނަމުގައި އެދެން ޖެހޭނެ. އެ އެދޭ ކަމެއް ބައްޕާފުޅު ކަލޭމެންނަށް ކޮށްދެއްވާނެ. އޭރުން ކަލޭމެން ކޮޅުނެތްކޮޅަށް އުފާވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 16:24
17 ပူးပေါင်းရင်းမြစ်များ  

ދެން ޔަޢުޤޫބުގެފާނު މާތްކަލާނގެއަށް މިފަދައިން ދުޢާ ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެއީ އަޅާގެ ކާފައާއި އަދި އަޅާގެ ބައްޕަގެ ވެސް ވެރި ރަސްކަލާނގެ މާތްކަލާނގެ! މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅުގެ ރަށަށާއި އަޅާގެ ގާތްތިމާގެ މީހުންގެ ގާތަށް އެނބުރި ދިއުމަށް ވަޙީކުރެއްވީ އިނބަ ރަސްކަލާނގެ. އަދި އިނބަރަސްކަލާނގެ އަޅާގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާނޭކަމުގެ ވަޢުދުވެވޮޑިގެންނެވީމު.


ވީމާ ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މިފަދައިން ދުޢާ ދަންނަވާ: ’⁠އުޑުގައި ވޮޑިގެންވާ އަޅަމެންގެ ބައްޕާފުޅާ! އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ޤަދަރު ކުރުމަށް އަޅަމެންނަށް އެހީތެރިވެ ވޮޑިގަންނަވާ ފާނދޭވެ!


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ.


އަހަރެންގެ ނަން މަތީ ކަލޭމެން އެދެފި ކޮންމެ ކަމެއް ވެސް އަހަރެން ކޮށްދޭނަން.⁠“


އަހަރެން މިހެން މި ބުނީ އަހަރެންގެ ކިބައިގައި މިވާ އުފާ ކަލޭމެންގެ ކިބައިގައި ވުމަށްޓަކައި. އެގޮތުން ކަލޭމެންގެ އުފާ ވެސް ފުރިހަމަ ވެގެން ދިއުމަށްޓަކައި.


އަދި އެދުވަސް އައުމުން ކަލޭމެން އަހަރެން ކުރެން އެއްވެސް ކަމަކަށް އެދޭކަން ނުޖެހޭނެ. އަހަރެންގެ ނަމުގައި ކަލޭމެން ބައްޕާފުޅު ކުރެން އެދޭ ކޮންމެ ކަމެއް ބައްޕާފުޅު ކޮށްދެއްވާނެ.


އަނބިމީހާއާ ކައިވެނި ކުރާނީ ފިރިމީހާ. ރައްޓެހިމީހާ ހުންނާނީ ކައިވެނި ބަސްތައް އަޑުއިވޭ ހިސާބު އެ އުފަލުގައި ބައިވެރިވުން މަތީގައި. އެހެންކަމުން އަހަރެން މިހިރީ އެކަލޭގެފާނުގެ ކާމިޔާބީއާ މެދު އުފަލުން ފުރިފައި.


މާތްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު، އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


ތިޔަބައިމީހުންނަށް ގިނަ ކަންތައްތަކެއް ބުނެދޭންވެފައި އެބަހުރިމެއެވެ. ނަމަވެސް އެ ވާހަކަތައް ގަލަމާއި ދެލިން ލިޔުމަކަށް އަހަރެން ނޭދެމެވެ. ނުހަނު އަވަހަށް ތިޔަބައިމީހުންގެ ގާތަށް އައުމަށް އަހަރެން އުންމީދު ކުރަމެވެ. އެއީ ތިޔަބައިމީހުންނާ ބައްދަލުކޮށް އެވާހަކަތައް ދެއްކުމަށެވެ. އެގޮތުން އަހަރެމެންގެ އުފާވެރިކަން ފުރިހަމަވެގެން ދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ