ޔޫޙަންނާ 16:23 - ކިތާބުލް މުޤައްދަސާ23 އަދި އެދުވަސް އައުމުން ކަލޭމެން އަހަރެން ކުރެން އެއްވެސް ކަމަކަށް އެދޭކަން ނުޖެހޭނެ. އަހަރެންގެ ނަމުގައި ކަލޭމެން ބައްޕާފުޅު ކުރެން އެދޭ ކޮންމެ ކަމެއް ބައްޕާފުޅު ކޮށްދެއްވާނެ. အခန်းကိုကြည့်ပါ။ |
އީސާގެފާނަށް އެމީހުން އެކަލޭގެފާނާއި މިހުރިހާ ސުވާލެއް ކުރައްވަން ބޭނުންކަން އެނގިވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން އެކަކުއަނެކަކު ކުރެން ތިޔަ އަހަނީ އިރުކޮޅެއްގެ ތެރޭގައި އަހަރެންނެއް ދެން ކަލޭމެންނަކަށް ނުފެންނާނޭ، އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ކަލޭމެންނަށް އަހަރެން ފެންނާނެއޭ މިބުނި ބަސްތަކުގެ މާނައަކީ ކޮބައިހޭތަ؟
އަހަރެންގެ ލޮބުވެތި ދަރިންނޭވެ. އަހަރެން މިހެން ތިޔަބައިމީހުންނަށް މިލިޔަނީ ތިޔަބައިމީހުން ނުބައިވެގެންވީ ފާފަވެރި އަމަލުތަކުގައި ބައިވެރި ނުވާނެ ގޮތް ހެދުމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުބައި ޢަމަލެއް ކުރެވިއްޖެނަމަ މާތްރަސްކަލާނގެ ބައްޕާފުޅުގެ ޙަޟްރަތުގައި އަހަރެމެންނާމެދު މަދަދުވެރިވާނެ ފަރާތެއް ވެއެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހަމައެކަނި ޞާލިޙުވަންތަ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙު އެވެ.