Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 16:22 - ކިތާބުލް މުޤައްދަސާ

22 މިހާރު ކަލޭމެން ތިޔަ ވަނީ އެފަދަ ހިތާމައެއްގައި. ނަމަވެސް އަހަރެން އަލުން ކަލޭމެންނާއި ބައްދަލުވާނަން. އޭރުން ކަލޭމެން އެހާވަރަށް އުފާވާނެ. އަދި އެއްވެސް މީހަކަށް އެއުފާ ކަލޭމެންގެ އަތުން ޖަހައެއް ނުގަނެވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 16:22
40 ပူးပေါင်းရင်းမြစ်များ  

އެ އަންހެނުން އަވަހަށް އެ ޒިޔާރަތް ދޫކޮށް ދިޔައެވެ. އެބައިމީހުން ތިބީ ވަރަށް ބިރުންނެވެ. އެހެނަސް އެބައިމީހުން ނުހަނު އުފާ ވެސް ވިއެވެ. އެ ބައިމީހުން ދުވެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް ހިނގައި ދިޔަ މި ޙާދިސާތަކުގެ ވާހަކައިން ޚަބަރު ދިނުމަށް ނިންމިއެވެ.


އެކަމަކު މުހިންމީ ހަމައެކަނި އެންމެކަމެއް. މަރިޔަމް އެކަން ކުރަން ނިންމީ ރަނގަޅަށް. އޭނާ އެ ގޮތަށް ކަން ކުރުން މަނައެއް ނުކުރެވޭނެ.⁠“


އިބްރާހީމްގެފާނު ވިދާޅުވި. ’⁠ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ.


އެރަސްގެފާނު ޖަވާބު ދެއްވި. ’⁠އަހަރެން ބުނަމޭ. ގިނައިން ވާ މީހުންނަށް ގިނައިން ދެވޭނެއޭ. އެކަމަކު މަދުން ވާ މީހުން އަތުން އެމީހުންގެ އަތުގައި ވާ ބައި ވެސް އަތުލެވޭނެއޭ.


އެބައިމީހުން މިކަމާއި ވަރަށް ބޮޑަށް އަޖައިބު ވެ އުފާވީ ނަމަވެސް މިކަން ގަބޫލު ކުރަން ދަތި ވިކަން އެނގިވަޑައިގެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަންނަށް ކާ އެއްޗެއް ދީފާނަންތަ؟⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ.


ދާދި އަވަހަށް މި ދުނިޔޭގެ ލޯ މަތިން އަހަރެން ގެއްލި ދާނެ. އެކަމަކު ކަލޭމެންނަށް އަހަރެން ފެންނާނެ. އެއީ އަހަރެން މަރުވުމަށް ފަހު އަލުން ދިރިގެން އެނބުރި އަންނާނެތީ. އަހަރެން ދިރުމުގެ ސަބަބުން ކަލޭމެންނަށް ވެސް ދިރުން ލިބޭނެ.


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


”⁠އިރުކޮޅެއްގެ ތެރޭގައި ދެން ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެ. ދެން އޭގެ ހަމަ ކުޑައިރުކޮޅެއް ފަހުން ކަލޭމެންނަށް އަނެއްކާ ވެސް އަހަރެން ފެންނާނެ.⁠“


ބުނަންތަ؟ މިހާރު ކަލޭމެން އަހަރެންނާއި ދޭތެރޭ ކަންތައް ވާގޮތް ދެކެ ރޮއި ހިތާމަކޮށް ކަރުނަ އަޅާނެ. އެކަމަކު ދުނިޔޭގެ މީސްތަކުން އެތަން ދެކެ އުފާކުރާނެ. ކަލޭމެން މިހާރު ހިތާމަ ކުރިނަމަވެސް، ކަލޭމެންގެ ހިތާމަ ފަހުން އުފަލަކަށް ބަދަލުވެގެން ދާނެ.


އޭގެ ބަދަލުގައި އަހަރެން މިހުރިހާ އެއްޗެއް ކިޔާ ދިނުމުން ކަލޭމެން ތިޔަ ތިބީ އެކަމާ ދެރަވެ ހިތާމަވެރިވެފަ.


އެ ހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”⁠އެއީ މާތް ސާހިބާ!⁠“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ.


އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


އީސާގެފާނަށް އީމާންވީ މީސްތަކުން ވަނީ ވަރަށް އުފާވެރި ކަމުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުގެދަށުގައެވެ.


މެންދަމު ޕައުލް އާއި ސިލާހު ދުޢާ ކޮށް ހަމްދާ ސަނާގެ ލަވަތައް ކިޔަމުން ދިޔައެވެ. ޖަލުގައި ވާ އެހެން މީހުން އަޑު އަހަން ތިއްބެވެ.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ.


އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ