ޔޫޙަންނާ 16:21 - ކިތާބުލް މުޤައްދަސާ21 ވިހަން ބަނޑުގައި ރިއްސާ އަންހެނަކު ވެސް ވާނީ ވަރަށް ބޮޑު ތަދަކާއި ކެކުޅުމެއްގައި. ނަމަވެސް ވިހެއުމުން އެހުރިހާ ކަމެއް ހަނދާންނެތި އުފާވެ ހިތްހަމަ ޖެހިދާނެ. އެއީ އޭނާއަށް ކުއްޖަކު ދުނިޔެއަށް ގެނެވުނުކަމުގެ އުފަލުގައި. အခန်းကိုကြည့်ပါ။ |
ރަސޫލު ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅު މިފަދައިން ލިޔުއްވިއެވެ. ”ދުވަހަކު ދަރިއަކު ލިބިފައިނުވާ މީހާ މިހާރު އުފާކުރާށޭ، ދުވަހަކު ނުވިހާ މީހާ މިހާރު އުފަލުން ހަޅޭއްލަވާށޭ، ދުވަހަކު ވެސް ދަރިއަކު ލިބިފައި ނުވާ، އެކަނިވެރި އަންހެނާއަށް، އެތައް ދުވަހަކު، މީހަކާއި އިނދެގެން އުޅުނު އަންހެނަކަށް ވުރެ ގިނަ ދަރިން ލިބޭނެއޭ.“
އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.