Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 16:20 - ކިތާބުލް މުޤައްދަސާ

20 ބުނަންތަ؟ މިހާރު ކަލޭމެން އަހަރެންނާއި ދޭތެރޭ ކަންތައް ވާގޮތް ދެކެ ރޮއި ހިތާމަކޮށް ކަރުނަ އަޅާނެ. އެކަމަކު ދުނިޔޭގެ މީސްތަކުން އެތަން ދެކެ އުފާކުރާނެ. ކަލޭމެން މިހާރު ހިތާމަ ކުރިނަމަވެސް، ކަލޭމެންގެ ހިތާމަ ފަހުން އުފަލަކަށް ބަދަލުވެގެން ދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 16:20
44 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ބިމުގެ ވެރިޔާގެ ފިރިހެން ދަރިފުޅު އަންނަތަން އެ ދަނޑުވެރިންނަށް ފެނުމުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔަ. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ. އޭނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!⁠‘


މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތުގެ ވޭނުގައި ރޯން ތިބި މީހުންނަށް. އެހެނީ އެކަލާނގެ އެފަދަ މީހުންގެ ހިތްހަމަ ޖައްސަވައިދެއްވާނެ.


އެ ހިނދު ދެވަނަ ފަހަރަށް ހާލެއް ގޮވި އަޑު އިވިގެން ދިޔައެވެ. އަދި ޕަތަރަސްއާއި މުޚާތަބު ކުރައްވާ އީސާގެފާނު ވިދާޅުވި ވިދާޅުވުމުގެ މަތިން އޭނާ ހަނދާންވިއެވެ. ”⁠ހާލެއް ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.⁠“ އަދި އޭނާ މިކަމާއި ނުހަނު ހިތާމައިން ރޯންފެށިއެވެ.


އަދި އެކަނބުލޭގެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނާއިމެދު ކަންތައް ހިނގާދިޔަ ގޮތުގެ ޚަބަރު ދިން ހިނދު އެބޭކަލުން ވީ ފުންހިތާމައާއި އެކު ރުއިމުގައެވެ.


އެކަލޭގެފާނު ދުޢާފުޅުން ނިމިވަޑައިގެން އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި އިރު އެމީހުންނަށް ތިބީ ނިދިފަ. އެއީ އެމީހުންނަށް ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން ވީ ވަރުބަލިން.


ދެން އޭނާ އެތަނުން ނުކުމެ ބޭރަށް ގޮސް ހިތާމަ އާއި އެކު ކަރުނައަޅާ ރުޔެވެ.


އީސާގެފާނުގެ ފަހަތްޕުޅުން އެތައް ހާސް ބަޔަކު ދިޔައެވެ. މިމީހުންގެ ތެރޭގައި ރޮމުން ހިތާމަ ކުރަމުން ދިޔަ ބައެއް އަންހެނުން ވެސް ހިމެނުނެވެ.


އެކަލޭގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ކަލޭމެން ދެމީހުން ދަތުރުކޮށް ދަމުން ތިޔަ ދައްކަނީ ކޮން ވާހަކައެއް؟⁠“ އެމީހުން ވަގުތުން ހިނގުން ހުއްޓާލާފައި ދެރަވެ އިސް ދަށަށް ޖަހައިގެން ތިއްބެވެ.


އެކަމަކު އަހަރެމެން އުންމީދު ކޮށްގެން ތިބީ އެކަލޭގެފާނަކީ ބަނީއިސްރާއީލު މިނިވަން ކުރުމަށް ވަޑައިގެން ބޭކަލެއް ކަމަށް. މިހުރިހާ ކަމެއް ހިނގާދިޔަތާ މިއަދަށް މިއީ ތިންވަނަ ދުވަސް.


ކަލޭމެންގެ ތެރެއިން ބަނޑުހައި ހޫނު ކަމުގައި ތިބި މީހުންނަށް ބަރަކާތް ހުރި. ކަލޭމެންގެ ހިތް ފުރެންދެން ލިބޭނެ. ކަލޭމެންގެ ތެރެއިން ހިތާމަކުރާ މީހުންނަށް ބަރަކާތް ހުރި. އަދި ކަލޭމެން އުފާކުރާނެ.


އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“


އޭގެ ބަދަލުގައި އަހަރެން މިހުރިހާ އެއްޗެއް ކިޔާ ދިނުމުން ކަލޭމެން ތިޔަ ތިބީ އެކަމާ ދެރަވެ ހިތާމަވެރިވެފަ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަތްތިލަފުޅުގަޔާއި އަރިކަށިފުޅުގައިހުރި ޒަޚަމުތަކުގެ ނިޝާން އެމީހުންނަށް ދެއްކެވިއެވެ. އެމީހުންނަށް މާތްސާހިބާ ފެނުމުން އުފަލުން ފުރުނެވެ.


އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


އެހެންވީމާ، ތިޔަބައިމީހުން މާތް ސާހިބާއާއި އަހަރެމެންނީ ނަމޫނާއެއް ކަމުގައި ބަލައިގަތެވެ. ތިޔަބައިމީހުން ވޭނުގައި ވިކަމުގައި ވިޔަސް ތިޔަބައިމީހުންނަށް އުނގަންނައިދެވުނު ތަކެތި ތިޔަބައިމީހުން ބަލައިގަތީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ފޮނުއްވި އުފާވެރިކަމުގެ ސަބަބުންނެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ. ތަފާތު މުސީބާތްތައް ކަލޭމެންނަށް ކުރިމަތިވާ ހިނދު ފުންކޮށް ވިސްނުމުގައިވެ އުފަލެއް ކަމުގައި ދެކޭށެވެ.


ތިޔަބައިމީހުން ކައްސައިލިޔަނުދީ އެހީތެރިވުމުގެ ކުޅަދާނަކަން ލިބިވޮޑިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ތިޔަބައިމީހުން ކުށެއް ނެތި މާތްކަލާނގެ ޖަލާލަތުވަންތަ ޙަޟްރަތުގައި އުފަލުން ފުރިގެން ވާނެ ގޮތް މެދުވެރި ކުރައްވަނީ އެކަލާނގެއެވެ.


އެ ދެމީހުން މަރުވުމުގެ ސަބަބުން ދުނިޔެމަތީގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެން އުފާކޮށް މަޖާކޮށް އުޅޭނެއެވެ. އެކަކު އަނެކަކަށް އެބައިމީހުން ހަދިޔާ ފޮނުވާނެއެވެ. އެއީ ދުނިޔެމަތީގައި ދިރިއުޅުނު ފަރާތްތަކަށް މި ދެ ނަބިއްޔުން ތަފާތު މުސީބާތްތައް ކުރިމަތި ކުރައްވާފައިވާތީއެވެ.


އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި. އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު. ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ! އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ. ’⁠އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި! އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން. އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ