ޔޫޙަންނާ 16:17 - ކިތާބުލް މުޤައްދަސާ17 އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”އަހަރެން އިރުކޮޅަކުން ކަލޭމެންނަކަށް ނުފެންނާނެއޭ، އަނެއްކާ އިރުކޮޅަކުން ފެންނާނެއޭ، އޭގެ މާނައަކީ އަޅެ ކޮބައިތަ؟ އަހަރެން މިދަނީ ބައްޕާފުޅުގެ ގާތަށޭ، އެވިދާޅުވި ބަހުގެ މާނައަކީ ކޮބައިތަ؟ အခန်းကိုကြည့်ပါ။ |
ނަމަވެސް އެކަލޭގެފާނު މި ވިދާޅުވި އެއްޗެއްގެ މާނައެއް އަސްޙާބީންނަކަށް ނުވިސްނުނެވެ. އެމީހުންނަށް އެބަސްފުޅުތަކުގެ މާނަ ވަނީ ފޮރުވިގެންނެވެ. އެހެންކަމުން އެ މީހުންނަށް މި ބަސްފުޅުތަކުގެ މާނަ ވިސްނައި ގަންނަށް ނޭނގުނީއެވެ. މި ބަސްފުޅުތަކުގެ މާނައަކީ ކޮބައިތޯ އެކަލޭގެފާނުގެ ކިބައިން އަހާ އޮޅުން ފިލުވުމަށް އެމީހުން ތިބީ ޖެހިލުންވެފައެވެ.
އީސާގެފާނަށް އެމީހުން އެކަލޭގެފާނާއި މިހުރިހާ ސުވާލެއް ކުރައްވަން ބޭނުންކަން އެނގިވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން އެކަކުއަނެކަކު ކުރެން ތިޔަ އަހަނީ އިރުކޮޅެއްގެ ތެރޭގައި އަހަރެންނެއް ދެން ކަލޭމެންނަކަށް ނުފެންނާނޭ، އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ކަލޭމެންނަށް އަހަރެން ފެންނާނެއޭ މިބުނި ބަސްތަކުގެ މާނައަކީ ކޮބައިހޭތަ؟