Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 15:6 - ކިތާބުލް މުޤައްދަސާ

6 އަހަރެންނާ ގުޅިގެން ނުވާ މީހެއް ނަމަ، މިލައި ހިކިފައިވާ ގޮފިގަނޑެއް ފަދައިން ކަނޑާ އެއްލާލެވޭނެ. އަދި އެފަދަ ގޮފިތައް ހިކިގެން ދިޔައީމާ އެއްކޮށްފައި އަންދާލެވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 15:6
20 ပူးပေါင်းရင်းမြစ်များ  

މީހަކު އޭގައި އަތްލިޔަސް އޭގެ ތުނޑު ހެރިދެއެވެ. އެހެންވެ މީހުން އޭގައި އަތްލަނީ ގިނިފަތިކަހަލަ ދަގަނޑުން ނުވަތަ ލޮންސިތަކުންނެވެ. އެގޮތަކީ އެމީހުންނަކީ ތޫނު ކަށިތަކެއް ފަދަ ބައެކެވެ. އެފަދަ މީހުން އެއްލާލެވެނީ އަލިފާނަށެވެ. އެމީހުން އެތިބި ތަނެއްގައި ތިއްބާ އަނދާ ހުލިވެގެން ދަނީއެވެ.⁠“


އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ނުބައި ފާފަތައް ކުރުވާ ހުރިހާ އެއްޗަކާއި ނުބައިކަންތައް ކުރާ އެންމެން އެއްތަންކޮށް އެކަލޭގެފާނުގެ ރަސްކަމުން ބޭރުކުރައްވާނެ.


ދެން ޔުދާސް އެ ފައިސާތައް ބައިތުލް މަޤްދިސްގެ ތެރެއަށް އުކާލިއެވެ. އެއަށް ފަހު އޭނާ ގޮސް އަމިއްލައަށް ދަންޖެހި މަރުވިއެވެ.


މިހާރު ވެސް ފުރޯ ތައްޔާރު ވެފައި ވަނީ ގަހުގެ މުލުން ގަސް ކަނޑައިލުމަށް ޓަކައި. އަދި ރަނގަޅު މޭވާ ނުލިބޭ ކޮންމެ ގަހެއް ކަނޑައި ކުދިކޮށް ކޮށައި އަލިފާނަށް އެއްލާލެވޭނެ.


ރަނގަޅު މޭވާ ނާޅާ ކޮންމެ ގަހެއް ނަމަ ޖެހޭނީ ކަނޑާލައި އަލިފާނުގެ ތެރެއަށް އެއްލާލަން.


އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި.


އެފަދަ އަމަލުތައް ކުރާ މީހުންނަށް އޮތީ އަންނަންއޮތް އަދާލަތާމެދު ބިރުވެތިވެ މާތްރަސްކަލާނގެއާ ދެކޮޅުވެގަތް މީހުން ނައްތަވާލެވޭނެ ގަދަފަދަ އަލިފާނަށް އިންތިޒާރުކޮށްކޮށް ތިބުމެވެ.


އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.


އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.


ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެންނުވާ ހުރިހާ އެންމެން އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ