Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 15:4 - ކިތާބުލް މުޤައްދަސާ

4 ކަލޭމެން އަބަދުވެސް އަހަރެންނާއި ގުޅިފައި ތިބޭތި. އޭރުން އަހަރެން ވެސް ކަލޭމެންނާއި ގުޅިފައިވާނަން. ގަހާއި ވަކިވެފައިވާ ގޮފިގަނޑެއްގައި މޭވާ ނާޅާނެ ފަދައިން ކަލޭމެން އަހަރެންނާއި ވަކިވެއްޖެ ނަމަ ކަލޭމެން ކުރާ ކަމަކުން ވެސް މޭވާއެއް ނުލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 15:4
29 ပူးပေါင်းရင်းမြစ်များ  

”⁠ރަނގަޅު މޭވާ އަޅާނީ ރަނގަޅު ގަހެއްގައި. އަދި ނުބައި މޭވާ އަޅާނީ ނުބައި ގަހެއްގައި. އެހެނީ ގަހުގެ ބާވަތް އެނގޭނީ އޭގެ މޭވާއިން.


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


އެ ދުވަސް އައުމުން އަހަރެން ވަނީ އަހަރެންގެ ބައްޕާފުޅުގެ ކިބައިގައިކަން ކަލޭމެންނަށް އެނގިގެން ދާނެ. އަދި އަހަރެން މި ވަނީ ކަލޭމެންގެ ކިބައިގައިކަން އަދި ކަލޭމެން ތިޔަ ވަނީ އަހަރެންގެ ކިބައިގައި ކަން ވެސް އޭރުން އެނގިގެން ދާނެ.


އަޅުގަނޑު ވަނީ އެމީހުންގެ ކިބައިގައި. އިނބަރަސްކަލާނގެ ވަނީ އަޅުގަނޑުގެ ކިބައިގައި. އެހެންކަމުން އެމީހުންނަކީ ވެސް ފުރިހަމަ އެކައްޗަކަށް ވާނެ. އެއީ އަޅުގަނޑު ދުނިޔެއަށް ފޮނުއްވީ އިނބަރަސްކަލާނގެ ކަން ދުނިޔެއަށް އެނގޭނެ ގޮތް މެދުވެރި ވުމަށްޓަކައި. އަދި އެމީހުން ދެކެވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ވާ ފަދަ ލޯތްބެއް ވާކަން އެނގި ފާޅުވުމަށްޓަކައި.


މަގޭ ހަށިގަނޑު ކައި މަގޭ ލޭ ބޯ ކޮންމެ މީހަކުގެ ކިބައިގައި އަހަރެން ވާނަން. އަދި އެމީހަކު އަހަރެންގެ ކިބައިގައި ވާނެ.


ދެން އީސާގެފާނު އެކަލޭގެފާނު ގަބޫލުކޮށް އީމާންވި ބަނީއިސްރާއީލު މީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެންގެ ބަސްތައް އަހާ އެގޮތުގައި ދެމިތިބެއްޖެ ނަމަ ކަލޭމެންނަކީ ހަމަ ޔަޤީނުން ވެސް އަހަރެންގެ އަސްޙާބީން ކަމުގައި ވާނެ.


ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.


އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުން ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙު ވުމަށެވެ. އަހަރެންގެ ދުޢާއަކީ ތިޔަބައިމީހުންގެ ކިބައިގައި ލޯބި މޫލައި އަށަގެންފައި ވުމެވެ.


ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ.


އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.


މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.


ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަކީ ތިޔަބައިމީހުންގެ ސާހިބާ ކަމަށް ގަބޫލުކޮށްގެންނެވެ. ވީމާ ތިޔަބައިމީހުން އެގޮތުގެ މަތިން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކުރިއަށްދާށެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ތިމޮތީ ފޮނުވާ ސަބަބަކީ މިއީއެވެ. އޭރުން ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން އަހަރެންނަށް އެނގޭނެއެވެ. އަދި މިހެން އިންތިޒާރު ކުރުމުގައި އަހަރެން އިތުރަށް ހުރުން ދަތި ވަނީ ތިޔަބައިމީހުން އީމާންތެރިކަމުން އެއްކިބާ ކުރުވުމަށް ޝައިތާނާ ތިޔަބައިމީހުންނަށް ވަސްވާސްދޭނޭ މިންވަރު ހިތަށްއަރާފައެވެ. އެހެން ވެއްޖެނަމަ އަހަރެމެން ކުރި މަސައްކަތްތަކަކީ ތާކުންތާކު ނުޖެހޭ މަސައްކަތެކެވެ.


އަހަރެމެންނަކީ ފުރަގަސްދީ ގޮސް ގެއްލުމުގެ ތެރެއަށް ހުރަހެޅިގަންނަ މީހުންނެއް ނޫނެވެ. އަހަރެމެން ތިބޭނީ އީމާންކަން މަތީގައެވެ. އެހެންކަމުން އަހަރެމެންނަކީ ސަލާމަތް ކުރައްވާނެ ބައެކެވެ.


އަހަރެމެން ތިބީ މާތްރަސްކަލާނގެ އާއި އެއްބައިވުން މަތީގައި ކަމަށް އަހަރެމެން ބުނާނަމަ، އަހަރެމެން ޙަޔާތު ވޭތުކުރާންވާނީ އީސާ އަލްމަސީޙު ވެސް ޙަޔާތު ވޭތުކުރެއްވި ފަދައިންނެވެ.


އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ