Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 15:26 - ކިތާބުލް މުޤައްދަސާ

26 ބައްޕާފުޅުގެ ފަރާތުން ފޮނުއްވޭ އެހީތެރިޔާ ކަމަށް ވާ، މާތްރޫޙުފުޅު އަހަރެން ކަލޭމެންގެ ގާތަށް ފޮނުއްވާނަން. އެރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައިކަން ފުރިހަމައަށް އަންގަވައިދެއްވާނެ. އެ ރޫޙުފުޅު އަހަރެންނާއި މެދު ހެކިދޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 15:26
14 ပူးပေါင်းရင်းမြစ်များ  

ކަލޭމެން މާތްރަސްކަލާނގެ މަތިވެރި ބާރުފުޅު ދެއްވުމަށް ދާންދެން މިރަށުގައި މަޑު ކުރޭ. އަހަރެންގެ ބައްޕަ ވަޢުދުވެ ވޮޑިގެން ވީ ހަދިޔާފުޅު ޚުދު އަހަރެން ކަލޭމެންގެ ކައިރިއަށް ފޮނުއްވާނަން.⁠“


ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ.


ނަމަވެސް ހަމަ ޔަޤީން، އަހަރެން މިދަނީ ކަލޭމެންނަށް ރަނގަޅަކަށް. އެއީ އަހަރެން ނުދަނީސް މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ކަލޭމެންނަށް އެހީތެރިވުމަށް ކަލޭމެންގެ ގާތަކަށް ނާދެވޭނެ. ނަމަވެސް އަހަރެން ދިޔުމަށް ފަހު އެ މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް އަހަރެން ފޮނުވާދޭނަން.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.


މީގެތެރެއިން އެއްފަހަރަކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ކޭންބައްލަވަން އިންނަވާފައި އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ޖެރޫސަލަމުން ބޭރަށް ނުގޮސް މަޑު ކުރޭ. ބައްޕާފުޅު ދެއްވުމަށް ވަޢުދުފުޅު ވެފައިވާ ކަމުގައި ތިމަންކަލޭގެފާނު ކަލޭމެން ކާރީ ބުނި ހަދިޔާ ދެއްވަންދެން، ކަލޭމެން ޖެރޫސަލަމުގައި މަޑު ކުރޭ.


ދެން އެންމެންގެ ވެސް ހިތުގެއަޑި ދެނެވޮޑިގެންވާ މާތްރަސްކަލާނގެ އެބައިމީހުންގެ އީމާންކަން ދެނެވޮޑިގެން ވާކަން ފާޅުކުރެއްވި. އެކަލާނގެ މާތްރޫޙުފުޅު ހަމަ އަހަރެމެންނަށް ވެސް ދެއްވި ފަދައިން އެ ރޫޙުފުޅު އެމީހުންނަށް ވެސް ދެއްވާ އެކަލާނގެ މި ކަން ހާމަކުރެއްވި.


އަޅުގަނޑުމެން އެންމެންނަކީ މި ކަންތައްތައް ލޮލުންދެކި އެކަމުގެ މައްޗަށް ހެކިވާ މީހުން. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންނަށް އެކަލާނގެ ދެއްވާ މާތްރޫޙުފުޅު ވެސް މިހުރިހާ ކަމަކީ ތެދުކަމަށް ހެކިވޭ.⁠“


އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.


ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ