Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 15:24 - ކިތާބުލް މުޤައްދަސާ

24 މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހު ވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފްރަތުކޮށް ރުޅިއާދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 15:24
36 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ.


އަހަރެން ނުހޯދައިފި ނަމަ ގެއްލުން ހުރީ އެމީހަކަށެވެ. އަހަރެންދެކެ ނަފްރަތު ކުރާ މީހާ ލޯބި ކުރަނީ މަރަށެވެ.⁠“


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


ޔަޙުޔާގެފާނު ތިޔަބައިމީހުންގެ ކައިރިއަށް ވަޑައިގެން ދާންވީ ހެޔޮމަގު ދައްކަވައި ދެއްވި. ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ނުވި. ނަމަވެސް ނުޙައްޤުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން އެކަލޭގެފާނަށް އީމާންވި. އަދި އެބައިމީހުން އަމަލުކުރި ގޮތް ތިޔަބައިމީހުންނަށް ފެނުމުން ވެސް ތިޔަބައިމީހުންގެ ފާފަވެރިކަން ދޫކޮށްލައި އެކަލޭގެފާނަށް އީމާންވުމަށް ދެކޮޅު ހެދި.⁠“


ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”⁠މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.⁠“


ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ހިފައިގެން ހިނގައްޖެއެވެ. މިކަމާމެދު އެ މީސްތަކުން އިންތިހާއަށް ޙައިރާންވެ، މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ކިޔައި ބުނެވުނެވެ. ”⁠މިފަދަ ޙައިރާން ކުރުވަނިވި ކަމެއް އަހަރެމެން ނުދެކެން!⁠“


އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ކޮންކަންތައްތަކެއް ތަ؟⁠“ އެމީހުން ބުންޏެވެ. ”⁠ނާޒަރަތުގެ އީސާގެފާނާއި ބެހޭގޮތުން ވީ ކަންތައްތައް. އެކަލޭގެފާނަކީ ރަސޫލުބޭކަލެއް. މާތްރަސްކަލާނގެ އާއި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ބަސްފުޅާއި އަމަލުފުޅުތައް މަތިވެރިވެގެންވި.


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު އެންގެވި ގޮތުގެ މަތިން އަހަރެން ކަލޭމެންނަށް އެތައް ރަނގަޅު ކަންތަކެއް އަންގާދީ ދައްކައި ދިނިން. ވީއިރު ކަލޭމެން އަހަރެން މަރާލަން ތިޔަ އުޅެނީ އެކަންތައްތަކުގެ ތެރެއިން ކޮންކަމެއްގެ ސަބަބުންތަ؟⁠“


އަހަރެންގެ ބައްޕާފުޅު އެންގެވި ފަދައިން އަހަރެން ކަންތައްތައް ނުކުރާނަމަ ކަލޭމެން އަހަރެންގެ ބަސްތައް ގަބޫލު ކުރާނެ ކަމެއް ނެތް.


ދެން ބޮޑު އިމާމުން ނިންމީ ލާޒަރު ވެސް މަރާލުމަށެވެ.


އަދި އަހަރެން ފެނިއްޖެ ކޮންމެ މީހަކަށް އަހަރެން ފޮނުއްވި ފަރާތް ވެސް ފެނިއްޖެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟


ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ.


އަހަރެން މި ދުނިޔެއަށް އައިސް އެމީހުންގާތުގައި އެވާހަކަތައް ނުދެއްކިނަމަ އެމީހުން ކުށްވެރިއެއް ނުވީސް. އެކަމަކު މިހާރު އެމީހުންގެ ފާފަތަކާ މެދު އެމީހުންނަށް ދެއްކޭނެ އުޒުރެއް ނެތް.


އަހަރެން ދެކެ ނަފްރަތުކޮށް ރުޅިއަންނަ ކޮންމެ މީހަކު އަހަރެންގެ ބައްޕާފުޅު ދެކެވެސް ނަފްރަތުކޮށް ރުޅިއަންނާނެ.


ފާފައާއި މެދު އެމީހުން ދެކެނީ ރަނގަޅަކަށް ނޫން. އެހެން އެވަނީ އެމީހުން އަހަރެންނަށް އީމާން ނުވާތީ.


އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“


ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ.


އެކަމަކު އަހަރެން ކުރިން ވެސް ބުނިހެން ކަލޭމެންނަށް އަހަރެން ފެނިއްޖެ. ނަމަވެސް ކަލޭމެން އަދިވެސް ގަބޫލެއް ނުކުރޭ.


މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!⁠“


ވިހޭއްސުރެން ވެސް ލޮލަށް ނުފެންނަ މީހަކަށް ލޮލުގެ އަލިކަން މީހަކު ދިން ވާހަކައެއް ދުނިޔެ ހެއްދެވީއްސުރެ މީހަކު ބުނި އަޑު ދުވަހަކަވެސް ނާހަން.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަސްލުގައި ވެސް އަނދިރި ނަމަ ކަލޭމެން ކުށްވެރިއެއް ނުވީސް. އެކަމަކު ކަލޭމެން ތިބުނަނީ ކަލޭމެންނަށް ފެނެޔޭ. އެހެންވީ އިރު ކަލޭމެން ތިޔަ ތިބީ ކުށްވެރިވެފަ.⁠“


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.


ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ.


އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ