Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 15:22 - ކިތާބުލް މުޤައްދަސާ

22 އަހަރެން މި ދުނިޔެއަށް އައިސް އެމީހުންގާތުގައި އެވާހަކަތައް ނުދެއްކިނަމަ އެމީހުން ކުށްވެރިއެއް ނުވީސް. އެކަމަކު މިހާރު އެމީހުންގެ ފާފަތަކާ މެދު އެމީހުންނަށް ދެއްކޭނެ އުޒުރެއް ނެތް.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 15:22
17 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އޭނާގެ ވެރިމީހާ އެނބުރި އައީ އޭނާ އެއްގޮތަކަށް ވެސް ހީވެސް ނުކުރާ ފަދަ ދުވަހަކު އަދި ހީވެސް ނުކުރާ ކަހަލަ ގަޑިއެއްގަ. ވެރިމީހާ އެނޯކަރު އެހެން ވެސް ނުކިޔަމަންތެރި ނޯކަރުން ފަދައިން ވޭނާއި ބޮޑު އަދަބު ލިބޭ ތަނަށް ފޮނުވާލާނެ.


ނަމަވެސް އަހަރެންގެ ބަސްތަކާއި ދެކޮޅުވެރިވާ ކޮންމެ މީހަކާއި މެދު ޤިޔާމަތް ދުވަހުން ހިސާބު ބެލެވޭނެ. އެދުވަހުން އެމީހުންނާމެދު ނިޔާކަނޑައަޅާ ފަނޑިޔާރަކީ އަހަރެން ގެނެސް ދިން ތެދު ބަސްތައް.


އަހަރެން ދެކެ ނަފްރަތުކޮށް ރުޅިއަންނަ ކޮންމެ މީހަކު އަހަރެންގެ ބައްޕާފުޅު ދެކެވެސް ނަފްރަތުކޮށް ރުޅިއަންނާނެ.


މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހު ވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފްރަތުކޮށް ރުޅިއާދޭ.


ފާފައާއި މެދު އެމީހުން ދެކެނީ ރަނގަޅަކަށް ނޫން. އެހެން އެވަނީ އެމީހުން އަހަރެންނަށް އީމާން ނުވާތީ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަސްލުގައި ވެސް އަނދިރި ނަމަ ކަލޭމެން ކުށްވެރިއެއް ނުވީސް. އެކަމަކު ކަލޭމެން ތިބުނަނީ ކަލޭމެންނަށް ފެނެޔޭ. އެހެންވީ އިރު ކަލޭމެން ތިޔަ ތިބީ ކުށްވެރިވެފަ.⁠“


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


އެހެންވީމާ ހެޔޮ ކަންތައްތަކަކީ ކޮބައިކަން އަހަރެމެންނަށް އެނގިހުރެމެ އެފަދައިން އަމަލުނުކުރާ މީހާއަށް އެ އަރައިގަނެވުނީ ފާފައަށެވެ.


ތިޔަބައިމީހުންނީ އަޅުންގެ ގޮތުގައިވާ ބައެއްނޫނެވެ. ތިޔަބައިމީހުން ވަނީ މިނިވަން ކުރެވިގެންނެވެ. ނަމަވެސް ތިޔަބައިމީހުންގެ މިނިވަންކަމަކީ ފާޙިޝް އަމަލުތަކަށް އަރައިގަތުންކަމުގައި ބަލައިގެންނުވާނެއެވެ. މާތްރަސްކަލާނގެ ޚާދިމެއްގެ ގޮތުގައި ޙަޔާތުވޭތުކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ