Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 15:20 - ކިތާބުލް މުޤައްދަސާ

20 ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 15:20
22 ပူးပေါင်းရင်းမြစ်များ  

އެދުރަކަށް ވުރެން ދަރިވަރަކު މޮޅެއް ނުވާނެ. އަދި ވެރިމީހަކަށް ވުރެން އަޅުމީހަކު މައްޗެއް ނުވާނެ.


އެ ދެބެއިން ޖަވާބު ދެއްވިއެވެ. ”⁠އަޅުގަނޑުމެންނަށް ކުރެވޭނެ.⁠“ އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް އަހަރެން ބޯނެ ވޭންދެނިވި ތަށިން ތިޔަބައިމީހުން ވެސް ބޯން ޖެހޭނެ. އަދި އަހަރެން ފެތިގެންދާނެ ހިތާމަ އާއި ވޭންދެނިވި ކަނޑަށް ތިޔަބައިމީހުން ވެސް ފެތިގެންދާނެ.


ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”⁠މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ.


ދަރިވަރަކު އޭނާގެ އެދުރަކަށް ވުރެ މޮޅެއް ނުވާނެ. ނަމަވެސް ފުރިހަމައަށް ތަމްރީނު ލިބުމުން އޭނާގެ އެދުރުމީހާ އެއްވަރަށް މޮޅުވާނެ.


އަނެއްކާވެސް ބަނީއިސްރާއީލު މީހުން އީސާގެފާނުގެ އަވަހާރަކޮށްލުމުގެ ގަސްތުގައި ހިލަބުރިތައް ނެގިއެވެ.


ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.


ބުނަންތަ؟ ނޯކަރަކު އެމީހާގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެ. އަދި ޚަބަރު ހިފައިގެން އަންނަ މީހާ އެ ޚަބަރު ދީފައި ފޮނުވި މީހާއަށް ވުރެ މަތިވެރިއެއް ވެސް ނުވާނެ.


އެއަށް ފަހު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ވަރަށް ގިނަ އުނދަގޫތައް ދޭން ފެށިއެވެ. އެއީ އެކަލޭގެފާނު މިފަދަ ކަންތައްތައް ސަބަތުގެ ދުވަހުގައި ކުރައްވަމުން ގެންދަވާތީއެވެ.


ދެން މީސްތަކުންގެ މެދުގައި ސިއްރިއްޔާތުގައި މިފަދަ ވާހަކަތައް ދެކެވޭކަން ފަރީސީންނަށް އެނގުމުން އެމީހުން ބޮޑު އިމާމުންނާއި އެއްބައިވެ ބައިތުލް މަޤްދިސްގެ ސިފައިން އީސާގެފާނު ހައްޔަރު ކުރުމަށް ފޮނުވިއެވެ.


އަހަރެން ބުނަންތަ؟ އަހަރެންގެ ބަސްތަކަށް ކިޔަމަންވާ މީހަކު ދުވަހަކު ވެސް މަރެއް ނުވާނެ.⁠“


ދެން ބަނީއިސްރާއީލު މީހުން ބުންޏެވެ. ”⁠ކަލޭ ތިހިރީ ޖިންނިމޮޔަވެފައި ކަން މިހާރު އަހަރެމެންނަށް ޔަޤީން. އިބްރާހީމްގެފާނާއި އެހެން ހުރިހާ ރަސޫލުބޭކަލުން ވެސް އަވަހާރަވެދިޔަ. އެކަމަކު ކަލޭ ތިޔަ ބުނަނީ ކަލޭގެ ބަސްތައް ގަބޫލު ކޮށް އެބަސްތަކަށް ކިޔަމަންވާ މީހަކު ދުވަހަކު ވެސް މަރު ނުވާނެ ކަމުގައި.


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


އެހެނީ އެ ބަނީއިސްރާއީލުން މާތްސާހިބާ އީސާގެފާނު ގަތުލު ކުރެއްވިއެވެ. އަދި ނަބީބޭކަލުން ވެސް މެއެވެ. އަދި އެބައިމީހުންގެ ޤައުމު ދޫކޮށް އަހަރެމެން ދިއުމަށް ވެސް އެބައިމީހުން މަޖުބޫރުކުރިއެވެ. އަދި އެބައި މީހުން ޚިޔާރު ކުރީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާނެ ގޮތެވެ. އަދި އެބައިމީހުން މުޅި އިންސާނީ ދަރިކޮޅާއި ދެކޮޅުވެރި ވެގަތެވެ.


އީސާ އަލްމަސީޙާއި އެކުގައިވެ ދީންމަތީ ދިރިއުޅެމުން ގެންދަން އެދޭ ކޮންމެ މީހަކުމެ ވޭނާއި ބޭއިންސާފުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ.


މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ