ޔޫޙަންނާ 15:2 - ކިތާބުލް މުޤައްދަސާ2 އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި. အခန်းကိုကြည့်ပါ။ |
މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ.
މަގުގެ އެއްފަރާތުގައި ވައްތީނި ގަހެއް ހުރިކަން އެކަލޭގެފާނަށް ފާހަގަ ކުރެވުނެވެ. ވައްތީނި ގަހުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގެން އެގަހުގައި ވައްތީނި ހުރިތޯ ބައްލަވާ ލެއްވިއެވެ. ނަމަވެސް އެގަހުގައި ހުރީ ހަމައެކަނި ހުސް ފަތްތަކެވެ. އެ ހިނދު އެ ގަހާއި މުޚާތަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަ ގަހުގައި އިތުރަށް މޭވާއެއް ނާޅާނެ.“ އިސާހިތަކު އެ ގަސް މިލައި މޯޅިވެ ދިޔައެވެ.
އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.“
އެހެނަސް އަނެއްބައި މީހުންނަކީ ބިމުގައިވާ ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. އެބައިމީހުން މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި ބަލައިގަންނަ، މާތްރަސްކަލާނގެ ބަސްފުޅާމެދު ސާބިތުވެ ތިބި ރަނގަޅު ގޮވާން ލިބޭ ފަދަ ބައެއް. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.“
ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.
އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.
އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.