ޔޫޙަންނާ 15:18 - ކިތާބުލް މުޤައްދަސާ18 ”މި ދުނިޔޭގެ މީހުން ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނަ ހިނދު ހަނދާން ކުރޭ، އެމީހުން އެންމެފުރަތަމަ ނަފްރަތުކޮށް ރުޅިއައީ އަހަރެން ދެކެ. အခန်းကိုကြည့်ပါ။ |
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“
އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.
އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.