ޔޫޙަންނާ 15:15 - ކިތާބުލް މުޤައްދަސާ15 ނޯކަރުންނަކަށް އެމީހުންގެ ވެރިމީހާ ކުރަން އުޅޭ ކަންތައްތަކެއް ކިޔައެއް ނުދޭނެ. އަހަރެން ކަލޭމެންނާއި މެދު މިހާރު މިދެކެނީކީ އަހަރެންގެ ނޯކަރުންގެ ގޮތަކު ނޫން. އަހަރެން ކަލޭމެންނާއި ދޭތެރޭ ކަންތައް ކުރަނީ ކަލޭމެންނަކީ އަހަރެންގެ ރައްޓެހިންގެ ގޮތުގައި. އެހެންކަމުން ބައްޕާފުޅު އެންގެވި ހުރިހާ ކަމެއް އަހަރެން ކަލޭމެންނަށް އަންގައިދިނިން. အခန်းကိုကြည့်ပါ။ |
ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ.
މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.
އެކަލޭގެފާނުގެ މިޢަމަލުފުޅުން ބަޔާންވެގެންވީ ފަތްފުށްތައް ފުރިހަމަ ކުރެވިގެންވީ މިފަދައިން. ’މާތްރަސްކަލާނގެ ކިބަފުޅަށް އިބްރާހީމްގެފާނު އީމާންތެރިވެ ވަޑައިގެންނެވިއޭ. އަދި އެކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ސާލިޙުންގެ ތެރޭގައި ލެއްވި.‘ ހަމައެހެންމެ އިބްރާހީމްގެފާނަށް އެކަލާނގެ ރަޙުމަތްތެރިޔާގެ ލަގަބުފުޅުން ބަސްވަޙީ ކުރެއްވި.“
އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި ޔާމިޒުގެ ކޮއްކޮ ޔަހޫޛާ ލިޔެ ފޮނުވާ ސިޓީއެކެވެ. މި ސިޓީ އަހަރެން މި ލިޔަނީ މާތްރަސްކަލާނގެ، ބައްޕާފުޅު ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރެއިން އެކަލާނގެ އެބަޔަކާ މެދު ލޯބިފުޅުވެވޮޑިގެން އީސާ އަލްމަސީޙުގެ ރައްކާތެރިކަމުގެ ދަށުގައި ބައިތިއްބަވާފައިވާ ހުރިހާ އެންމެންނަށެވެ.
މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.