Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 15:10 - ކިތާބުލް މުޤައްދަސާ

10 އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 15:10
28 ပူးပေါင်းရင်းမြစ်များ  

އެހެނީ މިއަޅާ މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިވިއެވެ. މިއަޅާ މާތްކަލާނގެ އެންގެވި ގޮތަށް ފުރަގަސްދީ އެނބުރިއެއް ނުގަންނަމެވެ.


ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ކަންތައް ކުރެއްވިއެވެ.


އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.⁠“


އަހަރެން އަންގާދެނީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. އަހަރެން އަންގާދެނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އެންގެވި ބަސްފުޅުތައް.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އަމުރަށް ކިޔަމަންވާނެ.


އަހަރެން ދެކެ ލޯބިވާ މީހަކު އަހަރެން އެންގި ބަސްތަކާއި އެއްފަދައިން ކަންތައްކުރާނެ. އަދި އަހަރެން ދެކެ ލޯބިވާ މީހަކުދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި އަހަރެން ވެސް އެމީހަކުދެކެ ލޯބިވާނަން. އަދި އެއިން ކޮންމެ މީހަކަށް އަހަރެންނަކީ ކޮބައިކަން ރަނގަޅަށް އެނގި ފެންނާނެ ފަދައިން އަހަރެން ކަންތައްކުރާނަން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންދެކެ މީހަކު ލޯބިވާނަމަ އެމީހަކު އަހަރެން އެންގި ބަސްތަކާއި އެއްގޮތަށް ކަންތައް ކުރާނެ. އޭރުން އެމީހަކު ދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި ބައްޕާފުޅާއި އަހަރެން އެމީހަކުގެ ގާތަށް އައިސް އެމީހެއްގެ ކިބައިގައިވާނެ.


އެހެންނޫނަސް އަހަރެން ކަންތައް ކުރާނީ ބައްޕާފުޅުގެ އަންގަވާ ގޮތަކަށް. އޭރުން މި ދުނިޔޭގެ މީސްތަކުންނަށް ވެސް އަހަރެން ބައްޕާފުޅު ދެކެ ލޯބިވާކަން ހާމަވެ އެނގޭނެ. ހިނގާ! މިތަނުން ދާން ހިނގާ!⁠“


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި ކަންތައް އަޅުގަނޑު މިވަނީ ނިންމާފައި. އެހެންކަމުން ބައްޕާފުޅުގެ ޖަލާލުވަންތަކަން މި ދުނިޔޭގައި ފާޅުވެގެންދިޔަ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން.


އަހަރެން ފޮނުއްވި ފަރާތް އަބަދުވެސް ވަނީ އަހަރެންނާއި އެކުގައި. އެފަރާތް އަހަރެން ދޫކޮށެއް ނުލައްވާ. އެއީ އަހަރެން އަބަދުވެސް ހުރިހާ ކަމެއް ވެސް ކުރަނީ އެފަރާތް އެދިވޮޑިގެންވާ ފަދައިން.⁠“


ނަމަވެސް ޙަޤީޤަތުގައި ކަލޭމެންނަކަށް މާތްރަސްކަލާނގެއަކީ ކޮބައިކަމެއް ނޭނގޭ. މާތްރަސްކަލާނގެ އަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގެއޭ އަހަރެން ބުނެފިނަމަ އަހަރެން ވެސް ވާނީ ހަމަ ކަލޭމެން ފަދަ ބޮޑު ދޮގުވެރިއަކަށް. ތެދަކީ އަހަރެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ރަނގަޅަށް އެނގޭ. އަދި އަހަރެން އެކަލާނގެ ކިބަފުޅަށް ކިޔަމަންވަން.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.


އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.


އެބައިމީހުންނަށް ޙައްޤު ގޮތަކީ ކޮބައިކަން އެނގުމަށް ފަހު މާތްކަލާނގެ އެންގެވި ކަރާމާތްތެރި އަމުރުފުޅަށް ފުރަގަސްދިނުމަށް ވުރެން ޞާލިޙު ގޮތްތަކަކީ ކޮބައިކަން ނޭނގި ތިބުން ވެސް އެމީހުންނަށް މާރަނގަޅު ވީހެވެ.


އަހަރެމެންނަށް މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެވެނީނަމަ އަހަރެމެންނަށް އެކަލާނގެ އެނގޭކަން ކަށަވަރުވެއެވެ.


ނަމަވެސް އަހަރެމެން އެކަލާނގެ ބަސްފުޅުތަކަށް ކިޔަމަންތެރި ވާނަމަ އަހަރެމެންނީ އެކަލާނގެއާއިމެދު ފުރިހަމަޔަށް ލޯބިވާ ބައެއްކަން ހާމަވާނެއެވެ. އަހަރެމެން އެކަލާނގެއާ އެއްބައިވެ ތިބިކަން އަހަރެމެންނަށް އެނގޭނީ މިގޮތުންނެވެ.


އަހަރެމެން ތިބީ މާތްރަސްކަލާނގެ އާއި އެއްބައިވުން މަތީގައި ކަމަށް އަހަރެމެން ބުނާނަމަ، އަހަރެމެން ޙަޔާތު ވޭތުކުރާންވާނީ އީސާ އަލްމަސީޙު ވެސް ޙަޔާތު ވޭތުކުރެއްވި ފަދައިންނެވެ.


މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ