ޔޫޙަންނާ 15:1 - ކިތާބުލް މުޤައްދަސާ1 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަސްލު މޭބިސްކަދުރު ވެލަކީ އަހަރެން. އެ ހައްދާ ބަލަހައްޓާ ފަރާތަކީ އަހަރެންގެ ބައްޕާފުޅު. အခန်းကိုကြည့်ပါ။ |
”އަދި އެހެން މާނަފުން ވާހަކައެއް ވެސް އަހާ! ބިމެއްގެ ވެރިއަކު މޭބިސްކަދުރު ދަނޑެއް ހައްދައި އެ މޭބިސްކަދުރު ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި މޭބިސްކަދުރުގެ ދިޔަ އެޅޭނޭހެން ވަޅުގަނޑެއް ކޮނުނު. އަދި އެތަން ފެންނާނޭހެން ބުރުޒެއް ވެސް ހެދި. ދެން ދަނޑުވެރިންގެ ބަޔަކަށް މި މޭބިސްކަދުރު ދަނޑު އޭނާ ކުއްޔަށް ދިނުމަށް ފަހު އެހެން ޤައުމަކަށް ދިޔަ.
އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ”އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި. އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި. އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު، ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.