Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:9 - ކިތާބުލް މުޤައްދަސާ

9 އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:9
16 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އަބީމާލިކު އިސްޙާޤުގެފާނު ޙާޟިރުކުރައްވައި ވިދާޅުވިއެވެ. ”⁠މިއީ ކަލޭގެފާނުގެ އަނބިކަމަނާކަން ކަށަވަރު! ވީއިރު އެއީ ކަލޭގެފާނުގެ ކޮއްކޯފުޅު ކަމުގައި ވިދާޅުވީ ކީއްވެ؟⁠“ އިސްޙާޤުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠ސަބަބަކީ އެކަމަނާ އަކީ އަޅުގަނޑުގެ އަނބިމީހާ ކަމުގައި ބުނެފިނަމަ އެކަމަނާ ހޯދުމުގެ އެދުމުގައި ތިޔަބޭކަލުންގެ ތެރެއިން ބޭކަލަކު އަޅުގަނޑު ޤަތުލުކޮށްފާނެ ކަމުގެ ބިރަށްޓަކައި.⁠“


އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!⁠“


މުނާފިޤުންނޭ. ކަލޭމެންނަށް ދުނިޔެއާއި އުޑަށް އަންނަ ބަދަލުތައް ބުނަން އެނގޭ. ނަމަވެސް މިހާރު ވާން މިއުޅޭ ކަންތައްތަކާ މެދު ކަލޭމެން އެއްވެސް އެއްޗެއް ތިޔަ ނުބުނަނީ ކީއްވެ؟


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


ބައްޕާފުޅާއި އަހަރެންނާއި މިއީ އެކައްޗެއް.⁠“


އަދި އަހަރެން ފެނިއްޖެ ކޮންމެ މީހަކަށް އަހަރެން ފޮނުއްވި ފަރާތް ވެސް ފެނިއްޖެ.


އެ ދުވަސް އައުމުން އަހަރެން ވަނީ އަހަރެންގެ ބައްޕާފުޅުގެ ކިބައިގައިކަން ކަލޭމެންނަށް އެނގިގެން ދާނެ. އަދި އަހަރެން މި ވަނީ ކަލޭމެންގެ ކިބައިގައިކަން އަދި ކަލޭމެން ތިޔަ ވަނީ އަހަރެންގެ ކިބައިގައި ކަން ވެސް އޭރުން އެނގިގެން ދާނެ.


މިހާރު ކަލޭމެންނަށް ތިވަނީ އަހަރެން މީ ކާކު ކަން އެނގިފައި. ކަލޭމެންނަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަން ވެސް މިހާރު އޮންނާނީ އެނގިފައި. މިހާރުން ފެށިގެން ކަލޭމެންނަށް ވަނީ އެކަލާނގެ އަކީ ކޮބައިކަން އެނގި އަދި ފެނިފައި.⁠“


އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން ބުންޏެވެ. ”⁠ކަލޭގެ ބައްޕައަކީ ކޮބައިތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް އަހަރެން މިއީ ކާކުކަން ނޭނގޭތީ ކަލޭމެންނަކަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަމެއް ވެސް ނޭނގޭނެ. އަހަރެން މިއީ ކާކުކަން ކަލޭމެންނަށް އެނގިއްޖެނަމަ އަހަރެންގެ ބައްޕާފުޅަކީ ކޮބައިކަން ވެސް ކަލޭމެންނަށް ސާފުކޮށް އެނގޭނެ.⁠“


އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ޒާތުފުޅުގައި ވޮޑިގެންވާ އެންމެހާ ސިފަފުޅުތަކެއް ވެއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ އާއި އެއްފަދައިންވި ކަމުގައިވިޔަސް ކަލާނގެވަންތަ ކަމުގެ ޙައްޤު ބޭނުން ނުކުރައްވައި ދޫކޮށްލެއްވިއެވެ.


އަލްމަސީޙަކީ އަހަރެމެންނަށް ފެންނަން ހުރި ޣައިބުގައި ވޮޑިގެންވާ މަތިވެރިކަލާނގެ ޒާތުފުޅެވެ. އަދި އެންމެހާ ތަކެތި ޚަލްޤުކުރެއްވުމުގެ ކުރީގައި އެދަރިކަލުން ވޮޑިގެންވެއެވެ. އެކަލޭގެފާނަކީ އެކަލާނގެ އުފެއްދެވި ހުރިހާ ތަކެއްޗެއްގެ މަތިން އަރާހުރި އަދި އެހުރިހާ ތަކެއްޗަކަށް ބާރުހިނގާ ފަރާތެކެވެ.


އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ