8 އަސްޙާބީންގެ ތެރެއިން ފިލިޕު ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެންނަށް ބައްޕާފުޅު ދައްކަވާ. އޭރުން އަޅުގަނޑުމެން ވެސް ހިތްހަމަ ޖެހޭނެ.“
މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތް ސާފު މީހުންނަށް. އެހެނީ އެފަދަމީހުންނަށް މާތްރަސްކަލާނގެ ފެންނާނެ.
ނަތާނިއެލް އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިއީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުން؟“ އީސާގެފާނު ވިދާޅުވިއެވެ. ”ފިލިޕު ކަލޭ ހޯދަން ދިއުމުގެ ކުރިން ވައްތީނި ގަހެއްގެ ދަށުގައި ކަލޭ އިންދާ އަހަރެން ދުށިން.“
އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.