Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:31 - ކިތާބުލް މުޤައްދަސާ

31 އެހެންނޫނަސް އަހަރެން ކަންތައް ކުރާނީ ބައްޕާފުޅުގެ އަންގަވާ ގޮތަކަށް. އޭރުން މި ދުނިޔޭގެ މީސްތަކުންނަށް ވެސް އަހަރެން ބައްޕާފުޅު ދެކެ ލޯބިވާކަން ހާމަވެ އެނގޭނެ. ހިނގާ! މިތަނުން ދާން ހިނގާ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:31
17 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“


ތެދުވެގެން ދަމާ ހިނގާ! އަހަރެންނަށް ޚިޔާނާތްތެރިވި ފަރާތް މިހާރު އެބަ އާދޭ.⁠“


ނަމަވެސް އޭގެކުރިން އަހަރެން ވަރަށް ބޮޑު އުނދަގުލަކާއި ކުރިމަތިލާން އެބަޖެހޭ. އެކަންތައްތައް ހިނގާ ނިމެންދެން އަހަރެންގެ ހިތް މި ވަނީ ވޭނުން ފުރިފަ.


އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.⁠“


މިހާރު އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއް ވޭ. ވީއިރު އަހަރެން ބައްޕާފުޅަށް ދުޢާކޮށް އަންނަން އޮތް ކަންތަކުން ސަލާމަތް ކޮށް ދެއްވުން އެދި ދަންނަވަންވީތަ؟ ނޫން! އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަހަރެން މި ދުނިޔެއަށް އައީ ވެސް މިފަދައިން އަނިޔާ ލިބިގަތުމަށްޓަކާ.


އަހަރެން އަންގާދެނީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. އަހަރެން އަންގާދެނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އެންގެވި ބަސްފުޅުތައް.


ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.


އަހަރެންގެ ބައްޕާފުޅު އަހަރެން ދެކެ ލޯބިވާ ފަދައިން ހަމަ އަހަރެން ވެސް ކަލޭމެން ދެކެ ލޯބިވަން. ވީމާ އަހަރެން ކަލޭމެން ދެކެ ވާ ލޯތްބާގުޅި ލާމެހިގެން ތިބޭތި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިޔަ ކަނޑި އޭގެ އުރަޔަށް ލާ. ބައްޕާފުޅު އަހަރެންނަށް ދެއްވަން ހަމަޖައްސަވާފައިވާ ވޭނެއް އަހަރެން ލިބި ނުގަންނަންވީތަ؟⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން.


އަދި އަހަރެމެން ފަދަ އިންސާނަކު ފަދައިން ނިކަމެތިވެ ވަޑައިގެންނެވިއެވެ. އަދި ކިޔަމަންތެރިކަމުގެ މަގުގައި ހިންގަވާ ވަޑައިގެންނެވި ހިނދު ސަލީބުގައި އަވަހާރަކުރެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ