ޔޫޙަންނާ 14:3 - ކިތާބުލް މުޤައްދަސާ3 ހުރިހާކަމެއް ތައްޔާރު ވުމުން އަހަރެންގެ ގާތަށް ކަލޭމެން ގެންދަން ބަލާ އަންނާނަން. އޭރުން ކަލޭމެންނަށް އަހަރެން ވާ ތަނެއްގައި އުޅެވޭނެ. အခန်းကိုကြည့်ပါ။ |
ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.
އޭރުން ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ދާ ގޮތުގެ ސަބަބުން މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅަށް މަތިވެރި ޝަރަފު ލިބިދެއްވާނެއެވެ. އަދި އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވުމުން ތިޔަބައިމީހުން ވެސް ޝަރަފްވެރި ވާނެއެވެ. މި ހުރިހާ ކަމެއް ޙާސިލުވުމުގެ ސަބަބަކީ އަހަރެމެންގެ ރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ވެސް މެއެވެ.
އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.