Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:28 - ކިތާބުލް މުޤައްދަސާ

28 އަހަރެން ކަލޭމެންނާއި ވަކިވެ ދާން އުޅޭ ވާހަކައާއި އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނެ ވާހަކަ ބުނެފީމު. ކަލޭމެން އަހަރެން ދެކެ ލޯބި ވާނަމަ އެކަމާ އުފާވާން ޖެހޭނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް. އަދި ބައްޕާފުޅު އަހަރެންނަށް ވުރެ މާ މަތިވެރި.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:28
29 ပူးပေါင်းရင်းမြစ်များ  

”⁠ތިމަންކަލާނގެ ޚިޔާރުކުރެއްވި ޚާދިމު މިހިރީ އެވެ. އެކަލޭގެފާނުދެކެ ތިމަންކަލާނގެ ލޯބިވެ ވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވަމެވެ. ތިމަންކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ފޮނުއްވާނަމެވެ. އަދި ތިމަންކަލާނގެ އިންސާފުވެރިކަން ޤައުމުތަކަށް އެކަލޭގެފާނު އަންގަވާދެއްވާނެ.


ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.⁠“


ބުނަންތަ؟ ނޯކަރަކު އެމީހާގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެ. އަދި ޚަބަރު ހިފައިގެން އަންނަ މީހާ އެ ޚަބަރު ދީފައި ފޮނުވި މީހާއަށް ވުރެ މަތިވެރިއެއް ވެސް ނުވާނެ.


ހަމަތެދެއް، އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ ކޮންމެ މީހަކުމެ އަހަރެން މިކުރި ފަދަ ކަންތައްތައް ކުރާނެ. އަދި އެމީހަކު އެއަށް ވުރެ މަތިވެރި ކަންތައް ވެސް ކުރާނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް ކަމުގައި ވީތީ.


އަހަރެން ކަލޭމެން ޔަތީމުންގެ ގޮތުގައި ދޫކޮށްލާފައެއް ނުދާނަން. އެއްގޮތަކަށް ވެސް އެހެނެއް ނުހަދާނަން. އަހަރެން ކަލޭމެންގެ ގާތަށް އެނބުރި އަންނާނަން.


ނަމަވެސް ހަމަ ޔަޤީން، އަހަރެން މިދަނީ ކަލޭމެންނަށް ރަނގަޅަކަށް. އެއީ އަހަރެން ނުދަނީސް މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ކަލޭމެންނަށް އެހީތެރިވުމަށް ކަލޭމެންގެ ގާތަކަށް ނާދެވޭނެ. ނަމަވެސް އަހަރެން ދިޔުމަށް ފަހު އެ މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް އަހަރެން ފޮނުވާދޭނަން.


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނަށް ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް! އަހަރެން ކަލޭމެން މިފޮނުވަނީ ބައްޕާފުޅު އަހަރެން ވެސް ފޮނުއްވި ފަދައިން!⁠“


މިބަސްފުޅުގެ ސަބަބުން ބަނީއިސްރާއީލު މީހުން އަދި ވަކިން ބޮޑަށް އީސާގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެއީ އީސާގެފާނު ސަބަތުގެ ދުވަހުގެ ގަވާއިދާއި ޚިލާފުވެ ވަޑައިގަތީތީ އެވެ. އަދި އެކަލޭގެފާނުގެ ބައްޕައަކީ މާތްރަސްކަލާނގެއޭ ވިދާޅުވީތީ އެވެ. އެގޮތުން އީސާގެފާނު އެކަލޭގެފާނާއި މާތްރަސްކަލާނގެ އާއި އެއްވަރު ކުރެއްވީތީ ވެސް މެއެވެ.


އެހެންވެ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެންގެ ގާތު ހުންނާނީ ކުޑަދުވަސްކޮޅަކު. އެއަށް ފަހު އަހަރެން ފޮނުއްވި ފަރާތަށް އަހަރެން އެނބުރި ދާނީ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


އެއަޑު އަހަރެންނަށް ބުންޏެވެ. ”⁠ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ