Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:27 - ކިތާބުލް މުޤައްދަސާ

27 އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:27
65 ပူးပေါင်းရင်းမြစ်များ  

ނުބައި މީހުންނާ ކުރިމަތިވާ ކުއްލި ކާރިސާތަކާ މެދު ކަންބޮޑު ނުވާށެވެ.


”⁠ވީމާ މީސްތަކުންދެކެ ބިރުވެތި ނުވޭ. ފޮރުވިގެންވާ އެންމެހާ ކަމެއް ފައުޅުވެގެން ދާނެ. ހަމައެހެންމެ ވަންހަނާވެގެންވާ ހުރިހައި ކަމެއްމެ އެނގިގެން ދާނެ.


އެ އަލީގެ ސަބަބުން ބިރާއި އަނދިރީގެ ތެރޭގައި ވާ މީހުންނަށް އަލިކަން ލިބި ތެދުމަގު ފެންނާނެ. އަދި އަހަރެމެންގެ ފިޔަވަޅުތައް އަމާންކަމުގެ މަގަށް އެނބުރޭނެ.⁠“


ކަލޭމެން ގެއަކަށް ވަންނައިރު އެގެއެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި.


އެކުވެރިންނޭ. ކަލޭމެންނަށް އަނިޔާދީ މަރާލަން އުޅޭ މީހުންނަށް ބިރުނުގަނޭ. އެއީ އެމީހުންނަށް ހަމައެކަނި މަރާލެވޭނީ ކަލޭމެންގެ ހަށިގަނޑު.


”⁠މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ.


އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“


އެއީ އެ އާދީއްތަ ދުވަހުގެ ހަވީރު އީސާގެފާނުގެ އަސްޙާބީން އެއްތަންވެ ދޮރުލައްޕައިގެން ތިއްބެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. ދެން އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނަށް ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް! އަހަރެން ކަލޭމެން މިފޮނުވަނީ ބައްޕާފުޅު އަހަރެން ވެސް ފޮނުއްވި ފަދައިން!⁠“


ހަފުތާއެއްގެ ފަހުން އަނެއްކާވެސް އަސްޙާބީންތައް އެތެރޭގައި އެއްތަންވެ ތިއްބެވެ. އޭރު ތޯމާސް ވެސް އެމީހުންނާ އެކުގައި ހުއްޓެވެ. ދޮރުތައް ހުރީ ތަޅުލާފައެވެ. އެކަމަކު އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.


އެއް ރެއަކު ޕައުލްއަށް ހުވަފެނެއް ފަދައިން ފެނުނެވެ. އޭނާއަށް ފެނުނީ މާތްސާހިބާ އީސާގެފާނު މި ފަދައިން ވިދާޅުވި ތަނެވެ. ”⁠ބިރުގަނެ ޖެހިލުންނުވޭ. އަދި ހުއްޓާނުލާ މީސްތަކުންނަށް އަންގައިދެމުން ދޭ.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


މިފަދައިން އުޅޭ އެންމެންނަށް މާތްރަސްކަލާނގެ ދެއްވާ ފުރާނައިގެ ހިތްހަމަޖެހުމާއި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހުއްޓެވެ. އެފަދަ މީހުންނަކީ އަލަށް މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ކަމުގައި ލެއްވި މީހުންނެވެ.


މިފަދައިން އަމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ. އަދި މި ސުލްޙަވެރިކަމަކީ އިންސާނުންނަށް ދެނެގަތުމަށް ވުރެން މާ މަތިވެރި ކަމެއްމެއެވެ. މި ސުލްޙަވެރިކަމުގެ ސަބަބުން ތިޔަބައިމީހުން ބިރުވެތިވާން ޖެހޭފަދަ އިޙުސާސްތަކުން ނުވަތަ ކަންބޮޑުވާންޖެހޭ ފިކުރުތަކުން ރައްކާތެރިކޮށް ދެއްވާނެތެވެ. މި ރައްކާތެރިކަން ލިބިދެނީ ތިޔަބައިމީހުން އަލްމަސީޙު އީސާގެފާނަށް މިލްކުވެގެން ވާތީއެވެ.


ކުލޫއްސީގައި ތިބި އަލްމަސީޙަށް ތަބާވެ އީމާންކަން މަތީ ތިބި މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުން ކަމަށްވާ އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ލިޔަމެވެ. ތިޔަ ހުރިހާ އެންމެންނަށް އަހަރެމެންގެ ބައްޕާފުޅު، މާތްކަލާނގެ ނިޢުމަތްފުޅާއި ސުލްޙަވެރިކަން ލައްވާށިއެވެ.


ހުރިހާ ތަކެއްޗެއް މާތްކަލާނގެއާ އަލުން ގުޅުވިފައި ވަނީ އެކަލޭގެފާނު މެދުވެރިވެގެންނެވެ. މިގޮތުން އެކަލޭގެފާނު ވަނީ އުޑާއި ބިމުގައިވާހައި ތަކެއްޗެއްގެ މެދުގައި ސުލްޙަވެރި ގުޅުން ގާއިމުކޮށް ދެއްވާފައެވެ. އެކަން އެހެންވީ ސަލީބުގައި ވީއިރު އެކަލޭގެފާނުގެ ހަށިކޮޅުން އޮހިގެންދިޔަ އެކަލޭގެފާނުގެ ލޭފޮދު މެދުވެރިވެއެވެ.


އަލްމަސީޙުގެ ފަރާތްޕުޅުން ލިބޭ ހިތްހަމަޖެހުން ތިޔަބައިމީހުންގެ ހިތްތަކުގެ މައްޗަށް ބާރުވެރި ކުރުވާށެވެ. އެހެނީ ތިޔަ އެންމެންނަށް ވެސް ގޮވާލެވުނީ އެއް ހަށިގަނޑެއްގެ ގޮތުގައި ދިރިއުޅުމަށެވެ. ވީމާ އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ.


މާތްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު، އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!


އަހަރެންގެ ދުޢާ އަކީ ސުލްހައިގެ ވެރި މާތްސާހިބާ ތިޔަބައިމީހުންގެ ހިތްތަކަށް ހުރިހާ ވަގުތުތަކާއި ޙާލަތުތަކުގައި ވެސް ސުލްޙަވެރިކަން ދެއްވުމެވެ.


އަހަރެމެން ބިރުވެތިވެ ފިނޑިވުމަކަށް މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަކަށް ނުދެއްވައެވެ. އެހެނަސް އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވީ ބާރާ، ލޯތްބާއި ނަފްސު ތަރުބިއްޔަތު ކޮށްދެއްވުމަށެވެ.


ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.


އިބްރާހީމްގެފާނު ގެންނެވި ޣަނީމާގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. މަލްކީޞާދިޤުގެ ނަމުގެ މާނައަކީ ”⁠އަދުލުވެރި ރަސްގެފާނު⁠“ އެވެ. އެކަލޭގެފާނަކީ ”⁠ސާލީމުގެ ރަސްގެފާނު⁠“ ވެސްމެއެވެ. މާނައަކީ ”⁠ސުލްޙައިގެ ރަސްގެފާނު⁠“ އެވެ.


މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ