Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:26 - ކިތާބުލް މުޤައްދަސާ

26 ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:26
75 ပူးပေါင်းရင်းမြစ်များ  

އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.


ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.


އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’⁠ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.⁠‘


ތިޔަބައިމީހުން ފަޅާއަރުވައި ކޯޓަށް ގެންދެވޭ ހިނދު ބުނާނެ އެއްޗަކާމެދު ފިކުރުބޮޑު ނުވޭ. އެއީ އެވަގުތު ކުރިމަތިވުމުން ތިޔަބައިމީހުންގެ ދުލަށް އަންނަ ބަސްތައް ބުނޭ. އެއީ އެބަސްތަކަކީ ތިޔަބައިމީހުންގެ ބަސްތަކެއް ނޫން. އެބަސްތައް އަންނާނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.


އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ. އޭނާ އެއްގޮތަކަށް ވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ. އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫޙުފުޅުން ފުރިފަ. އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން.


މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު.


ޔަޙުޔާގެފާނުގެ ބައްޕާފުޅު ޒަކަރިއްޔާ ވަނީ މާތްރޫޙުފުޅުން ފުރިފައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެ އެންގެވި ވަޙީގެ މި ބަސްފުޅުތައް މިފަދައިން ހާމަކުރިއެވެ:


ކަލޭމެންނަކީ ނުބައި ބަޔަކު ކަމުގައި ވިޔަސް ކަލޭމެންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ކިބަފުޅުން އެދޭ މީހުންނަށް އެކަލާނގެ މާތްރޫޙުފުޅު އުފަލާއިއެކު ނުދެއްވާނެ ތަ؟⁠“


އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.


ކަލޭމެން މާތްރަސްކަލާނގެ މަތިވެރި ބާރުފުޅު ދެއްވުމަށް ދާންދެން މިރަށުގައި މަޑު ކުރޭ. އަހަރެންގެ ބައްޕަ ވަޢުދުވެ ވޮޑިގެން ވީ ހަދިޔާފުޅު ޚުދު އަހަރެން ކަލޭމެންގެ ކައިރިއަށް ފޮނުއްވާނަން.⁠“


އަދި މާތްރޫޙުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ. ”⁠ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުއްސެވުން ލިބިވޮޑިގެން ވޭ.⁠“


އަހަރެންނަށް ވެސް އެކަލޭގެފާނު ކުރިއަކު ނޭނގޭ. ނަމަވެސް އަހަރެން މީސްތަކުން ފެނުން ތައުބާގެ ހިނެވުން ހިނަވަން ފޮނުއްވި ހިނދު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި. ’⁠މާތްރޫޙުފުޅު މީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ މަތީގައި ވާތަން ކަލެއަށް ފެންނަ ހިނދު އެމީހަކީ ތިމަންކަލާނގެ ފޮނުއްވި ޚާއްސަ ބޭކަލަކު ކަމާއި އަދި އެބޭކަލަކީ މީސްތަކުން މާތްރޫޙުފުޅުން ހިނެވޭ، ތައުބާގެ ހިނެވުމުން، ހިނަވާނެ ކަލޭގެފާނު ކަން ދެނެގަންނާތި.⁠‘


އީސާގެފާނުގެ އަސްޙާބީންނަކަށް މި ކަމަކީ ކުރީއްސުރެން ވާނެ ކަމަށް ޣައިބުގައި ލިޔެވިފައިވާ ކަމެއް ކަން އޭރަކު ނޭނގެއެވެ. އެކަލޭގެފާނަށް ޖަލާލަތުކަމުގެ މަޤާމު ލިބިވަޑައިގަތުމުން އެ ކަމަކީ އެކަލޭގެފާނާމެދު ކަންތައް ހިނގާނެ ގޮތް ކަމަށް ފަތްފުށްތަކުގައި ލިޔެފައިވާ ކަންތައް ކަން އެމީހުން ހަނދާން ވިއެވެ.


އަހަރެން ބައްޕާފުޅުގެ ކިބައިން އަހަރެން ފަދައިން ކަލޭމެންގެ ގާތުގައި ވުމަށް އެހެން އެހީތެރިއަކު ފޮނުއްވުމަށް އެދި ދަންނަވާނަން. އޭރުން ކަލޭމެންނަށް އެހީވުމުގައި ދެމިހުރުމަށް މާތްރޫޙުފުޅު ފޮނުއްވައި ދެއްވާނެ.


މި ބަސްތައް އަހަރެން މިބުނަނީ މިހާރު ކަލޭމެންގެ ގާތުގައި އަހަރެންވީ ހިނދު.


ބައްޕާފުޅުގެ ފަރާތުން ފޮނުއްވޭ އެހީތެރިޔާ ކަމަށް ވާ، މާތްރޫޙުފުޅު އަހަރެން ކަލޭމެންގެ ގާތަށް ފޮނުއްވާނަން. އެރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައިކަން ފުރިހަމައަށް އަންގަވައިދެއްވާނެ. އެ ރޫޙުފުޅު އަހަރެންނާއި މެދު ހެކިދޭނެ.


ނަމަވެސް ހަމަ ޔަޤީން، އަހަރެން މިދަނީ ކަލޭމެންނަށް ރަނގަޅަކަށް. އެއީ އަހަރެން ނުދަނީސް މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ކަލޭމެންނަށް އެހީތެރިވުމަށް ކަލޭމެންގެ ގާތަކަށް ނާދެވޭނެ. ނަމަވެސް އަހަރެން ދިޔުމަށް ފަހު އެ މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް އަހަރެން ފޮނުވާދޭނަން.


އީސާގެފާނު އަވަހާރަ ވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އަސްޙާބީން މިބަސްފުޅުތަކުގެ މަތިން ހަނދާން ވިއެވެ. ދެން އެމީހުން ބާވައިލެއްވުނު ފޮތްތަކުގައި މިކަންތަކާއި މެދު ލިޔެވިގެންވީ ކަންތައްތަކާއި އަދި އީސާގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ.


މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުންގަޔަށް ފުމެލައްވާފައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބިގަނޭ.


ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’⁠އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.⁠‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ.


އީސާގެފާނު އުތުރި އަރަމުން ދާ ދިރުން ލިބޭ ފެން އާރެކޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ މާތްރަސްކަލާނގެ މާތްރޫޙުފުޅަށެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަދި މާތްރޫޙުފުޅެއް ނުދެއްވެއެވެ. އޭރު އަދި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުގެ މަޤާމު ފުޅަށް އިސްވެ ވަޑައެއް ނުގަންނަވައެވެ.


މީގެތެރެއިން އެއްފަހަރަކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ކޭންބައްލަވަން އިންނަވާފައި އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ޖެރޫސަލަމުން ބޭރަށް ނުގޮސް މަޑު ކުރޭ. ބައްޕާފުޅު ދެއްވުމަށް ވަޢުދުފުޅު ވެފައިވާ ކަމުގައި ތިމަންކަލޭގެފާނު ކަލޭމެން ކާރީ ބުނި ހަދިޔާ ދެއްވަންދެން، ކަލޭމެން ޖެރޫސަލަމުގައި މަޑު ކުރޭ.


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


އެވަގުތު މާތްސާހިބާ މިހެން ވިދާޅުވި ބަސްފުޅުގެ މަތިން އަހަރެން ހަނދާން ވި. އެކަލޭގެފާނު ވިދާޅުވި. ’⁠ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނެވީ ފެނުންނޭ. ނަމަވެސް ކަލޭމެން ތައުބާގެ ހިނެވުމަށް ހިނެވޭނީ މާތްރޫޙުފުޅުންނޭ.⁠‘


މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”⁠ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.⁠“


ބަރުނައްބާސް އާއި ޝާއުލް މާތްރޫޙުފުޅު އެމީހުން ފޮނުއްވި މަގުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެންމެ ފުރަތަމަ އެމީހުން ދިޔައީ ސެލޫސިޔާއޭ ކިޔުނު ބަނދަރުމަތީގެ ރަށަށެވެ. އެ ރަށުން އެމީހުން އޮޑިއެއްގައި ދަތުރުކޮށް ދިޔައީ ސައިޕުރަސް އަށެވެ.


މި ކަންތައްތައް ފިޔަވާ ތިޔަބައިމީހުންގެ ކޮނޑުގައި ނޫފުލޭ ފަދަ އުނދަގޫ ބުރައެއް އެޅުވުމަކަށް މާތްރޫޙުފުޅު އެދިވަޑައިގެނެއް ނުވެއެވެ. އަހަރެމެން ވެސް އެދެނީ ހަމަ އެ ފަދައިންނެވެ.


ދެން އެންމެންގެ ވެސް ހިތުގެއަޑި ދެނެވޮޑިގެންވާ މާތްރަސްކަލާނގެ އެބައިމީހުންގެ އީމާންކަން ދެނެވޮޑިގެން ވާކަން ފާޅުކުރެއްވި. އެކަލާނގެ މާތްރޫޙުފުޅު ހަމަ އަހަރެމެންނަށް ވެސް ދެއްވި ފަދައިން އެ ރޫޙުފުޅު އެމީހުންނަށް ވެސް ދެއްވާ އެކަލާނގެ މި ކަން ހާމަކުރެއްވި.


ޕައުލް އާއި އޭނާގެ އެކުވެރިން ފަރީޖިޔާއާއި ގަލާތިޔާގެ ސަރަހައްދުގެ ތެރެއިން ދަތުރުކޮށް ދިޔައެވެ. އެއީ މާތްރޫޙުފުޅު އެމީހުންނަށް އޭޝިޔާގެ ހިސާބުތަކުގައި ދިންނެވުމުގެ ޚަބަރުފުޅު ދިނުމަށް ހުއްދަ ނުދެއްވުމުންނެވެ.


މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.


އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’⁠ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.⁠‘⁠“


ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.


ނަމަވެސް އިސްތިފާނު ވީ މާތްރޫޙުފުޅުން ފުރިފައެވެ. އޭނާ އުޑާއި ދިމާ މައްޗަށް ބެލިއެވެ. އެވަގުތު އޭނާއަށް ފެނުނީ މާތްރަސްކަލާނގެ މަތިވެރި ކަރާމަތްފުޅުގެ ވިދާ ނޫރުފުޅެވެ. އަދި މަތިވެރި ކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އީސާގެފާނު ވަނިކޮށެވެ.


މި ހިނދު ތިޔަބައިމީހުންނަށް މާތްކަލާނގެ ތިޔަބައިމީހުން ވެސް ދިންނަވާކަމުގެ ހެޔޮޚަބަރުފުޅު ވަނީ އިވިފައެވެ. ތިޔަބައިމީހުން އީސާގެފާނަށް އީމާންވުމުން ތިޔަބައިމީހުންނަށް ކުރީއްސުރެން ވަޢުދު ކުރައްވާފައިވާ ފަދައިން މާތްކަލާނގެ އަމިއްލަބަޔަކަށް ވެއްޖެކަން އަންގައިދިނުމަށް މާތްރޫޙުފުޅުން ވަނީ ތިޔަބައިމީހުގެ ގައިގައި ފާހަގަ ޖައްސަވާފައެވެ.


އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ.


އަދި ތިޔަބައިމީހުންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ހިތްދަތިކަން ލިބުނަ ނުދޭށެވެ. އެ ރޫޙުފުޅަކީ ތިޔަބައިމީހުން ޤިޔާމަތް ދުވަހުން ފާފަތަކުން މިނިވަން ކޮށް ދެއްވާނެކަމުގެ ޔަޤީންކަން ލިއްބައިދޭ ފާހަގައެވެ.


އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ.


ސަމާލުކަން ދޭންވީ އަހަރެމެންގެ ކިބައިގައިވާ އެކަލާނގެ މާތްރޫޙުފުޅުގެ އެހީގައި ތިބާ އާއި ޙަވާލު ކުރެވުނު ކަންތައްތައް ފުރިހަމައަށް ރައްކާތެރިކޮށް ބެލެހެއްޓުމެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވީ އަހަރެމެންނަށް ކުރެވިފައިވީ ރަނގަޅު ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެނަސް އެއީ އެކަލާނގެ ރަޙުމަތް ފުޅެވެ. އެކަލާނގެ އަހަރެމެންގެ ފާފަ ފުއްސަވައި ދެއްވާ އާ ޙަޔާތެއް ދެއްވީ މާތްރޫޙުފުޅު މެދުވެރި ކުރައްވައެވެ.


މާތްރޫޙުފުޅު ވެސް މިކަމާ ހެކިވެ މިހެން އަންގަވާފައިވެއެވެ. ފުރަތަމަ އެރޫޙުފުޅު އެންގެވީ މިފަދައިންނެވެ.


އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.


އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ،


އަޅުކަމުގެ ފޭލިގެކޮޅު ކޮޅަށް ހުރި ދުވަހު ވެސް ކޮންމެ ކޮންމެ މީހަކަށް އެންމެ މުޤައްދަސް މަޤާމުފުޅަށް ކުއްތަން ވެވިފައި ނުވާކަން މާތްރޫޙުފުޅު ވަނީ އަންގަވާ ދެއްވާފައެވެ.


ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.


އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


މިކަންތަކުގެ މައްޗަށް ތިނެއްޗެއް ހެކިވެއެވެ.


ނަމަވެސް ލޮބުވެތި އެކުވެރިންނޭވެ! ތިޔަބައިމީހުން އީސާއީ ދީނުގެ އަގީދާގެ މަތީ ކުރިއަރަމުން ގެންދާށެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ވާގިވެރިކަމާ އެކު ދުޢާ ކުރަމުން ގެންދާށެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތައް ދެވަނަފަހަރަށް މަރާ ކުރިމަތިލާހިނދު އެއްވެސް ވޭނެއް ނުލިބޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ