ޔޫޙަންނާ 14:24 - ކިތާބުލް މުޤައްދަސާ24 އަހަރެން ދެކެ ލޯބިނުވާ މީހުން އަހަރެން އެންގި ފަދައިން ކަންތަކެއް ނުކުރާނެ. އަހަރެންގެ މި ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. މި ބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅުގެ ބަސްފުޅުތައް. အခန်းကိုကြည့်ပါ။ |
ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.
އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ފާޅުގައި އެންމެންނަށް އިވޭނެ ފަދައިން ވިދާޅުވިއެވެ. ”އާނ! ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެނގޭ. އަދި އަހަރެން އައީ ކޮންތާނކުންކަން ވެސް އެނގޭ. އެކަމަކު އަހަރެން އައީ އަހަރެން އަމިއްލައަށް އިސްނަގައިގެނެއް ނޫން. އަހަރެން ފޮނުވުނީ ތެދުވެރި ފަރާތަކުން. ކަލޭމެންނަކަށް އެފަރާތެއް ނޭނގޭ.
އެހެން ކަމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން އިންސާނާގެ ދަރިކަލުން މައްޗަށް ނަގާ އުފުލާ ދުވަހު ކަލޭމެންނަށް އަހަރެން މިއީ އެކަލޭގެފާނުކަން އެނގޭނެ. އަދި އަހަރެން އެއްވެސް ކަމެއް އަހަރެން އަމިއްލަޔަށް ނުކުރާ ކަމާއި، އަދި އަހަރެން މިބުނާ ހުރިހާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން ކަމާއި، އެބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އަހަރެންނަށް އެންގެވި ބަސްފުޅުތައް ކަން ވެސް ކަލޭމެންނަށް އެނގޭނެ.
އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.