Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:20 - ކިތާބުލް މުޤައްދަސާ

20 އެ ދުވަސް އައުމުން އަހަރެން ވަނީ އަހަރެންގެ ބައްޕާފުޅުގެ ކިބައިގައިކަން ކަލޭމެންނަށް އެނގިގެން ދާނެ. އަދި އަހަރެން މި ވަނީ ކަލޭމެންގެ ކިބައިގައިކަން އަދި ކަލޭމެން ތިޔަ ވަނީ އަހަރެންގެ ކިބައިގައި ކަން ވެސް އޭރުން އެނގިގެން ދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:20
24 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.⁠“


ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.


އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައޭ އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައޭ އަހަރެން ބުނީތީ އެ ބަސް ގަބޫލު ކުރޭ، ނޫނީ އަހަރެން މި ކުރާކަންތައް ފެނުނީތީ އެބަސް ގަބޫލު ކުރޭ.


އަދި އެދުވަސް އައުމުން ކަލޭމެން އަހަރެން ކުރެން އެއްވެސް ކަމަކަށް އެދޭކަން ނުޖެހޭނެ. އަހަރެންގެ ނަމުގައި ކަލޭމެން ބައްޕާފުޅު ކުރެން އެދޭ ކޮންމެ ކަމެއް ބައްޕާފުޅު ކޮށްދެއްވާނެ.


އޭރުން ކަލޭމެންނަށް ސީދާ ބައްޕާފުޅުގެ އަރިހުން އަހަރެންގެ ނަމުގައި ކަންކަމަށް އެދެވޭނެ. އޭގެ މާނައަކީ، އޭރުން އަހަރެން ބައްޕާފުޅުގެ ކިބައިން ކަލޭމެންނަށްޓަކައި ކަންކަމަށް އެދި ދަންނަވާކަށް ނުޖެހޭނެ.


މިހާރު އަޅުގަނޑު މިދަނީ އިނބަރަސްކަލާނގެ ޙަޟްރަތަށް. އަޅުގަނޑަކީ މިހާރު ދުނިޔޭގައި ނެތް މީހެއް. އެކަމަކު އެމީހުން އެ ވަނީ މި ދުނިޔޭގައި. ކީރިތި ބައްޕާފުޅު! އަޅުގަނޑަށް ދެއްވި އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުން އެމީހުންނަށް ރައްކާތެރިކަން ދެއްވާށި! އެއީ އިނބަރަސްކަލާނގެއާއި އަޅުގަނޑަކީ އެކައްޗެއް ކަމުގައި ވާ ފަދައިން އެމީހުންނަކީ ވެސް އެކައްޗެއް ކަމުގައި ވުމަށް.


އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު އެމީހުންނަށް އަންގައިދިނިން. އަދި އެކަންތައް އިތުރަށް ވެސް އަންގަމުން ގެންދާނަން. އެއީ ބައްޕާފުޅު އަޅުގަނޑު ދެކެ ވާ ލޯބި އެމީހުންގެ ކިބައިގައި ވެސް ވާނެ ގޮތް މެދުވެރި ވުމަށްޓަކައި. އެގޮތުން އެމީހުންގެ ކިބައިގައި އަޅުގަނޑު ވެސް ވުމަށްޓަކައި.⁠“


އަޅުގަނޑަށް ލިބިފައި ހުރިހާކަމެއް ލިބިގެން އައިސްފައި ވަނީ އިނބަރަސްކަލާނގެ ޙަޟްރަތުން ކަން މިހާރު އެމީހުންނަށް އެނގިއްޖެ.


މަގޭ ހަށިގަނޑު ކައި މަގޭ ލޭ ބޯ ކޮންމެ މީހަކުގެ ކިބައިގައި އަހަރެން ވާނަން. އަދި އެމީހަކު އަހަރެންގެ ކިބައިގައި ވާނެ.


މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


މާތްކަލާނގެ އެންމެ ފުރިހަމަކަމާއެކު އެކަލޭގެފާނުގެ ކިބައިގައި ވޮޑިގެންވުމަށް ރުހިވޮޑިގަތެވެ.


މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.


އެހެނީ އެކަލޭގެފާނުގެ އިންސާނީ ހަށިކޮޅުގައި މާތްކަލާނގެ ކައުވަންތަކަން ފުރިހަމަޔަށް އެކުލެވިފައި ވެއެވެ.


އެއްވެސް އިންސާނަކަށް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. ނަމަވެސް އަހަރެމެން އެކަކު އަނެކަކަށް ލޯބިވާނަމަ، މާތްރަސްކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައެވެ. އަދި އެކަލާނގެ ލޯބި އަހަރެމެންގެ ކިބައިގައި ފުރިހަމަވެފައި ވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ