Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:2 - ކިތާބުލް މުޤައްދަސާ

2 އަހަރެންގެ ބައްޕާފުޅުގެ ގޭގައި އެތައް ބައިވަރު ކޮޓަރިތަކެއް ހުރޭ. އަހަރެން މިދަނީ ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް ތަނެއް ތައްޔާރުކުރުމަށް. މިއީ ތެދެއް ނޫންނަމަ އަހަރެން މިފަދައަކުން ނުބުނީމުސް.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:2
25 ပူးပေါင်းရင်းမြစ်များ  

އޭނާގެ ނޯކަރު މީހާ އެފަދައިން ކަންކުރުމަށް ފަހު އައިސް ބުނި. ’⁠ސާހިބާއޭ، މަނިކުފާނު ތި ބުނުއްވި ފަދައިން އަޅުގަނޑު ކަންތައް ކޮށްފީމޭ. ނަމަވެސް އަދިވެސް އެތަނެއް ނުފުރެއޭ.⁠‘


ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ.


ޝަމްއޫނު ޕަތަރަސް ސުވާލު ކުރެއްވިއެވެ. ”⁠މާތް ސާހިބާ، ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށްތޯ؟⁠“ ޖަވާބުގައި އީސާގެފާނު ވިދާޅުވިއެވެ. ”⁠މިހާރަކު ކަލެއަކަށް އަހަރެންނާއި އެކު އެތާނކަށް ނާދެވޭނެ. ނަމަވެސް ފަހުން ކަލޭ އަންނާނެ.⁠“


އަހަރެން ކަލޭމެންނާއި ވަކިވެ ދާން އުޅޭ ވާހަކައާއި އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނެ ވާހަކަ ބުނެފީމު. ކަލޭމެން އަހަރެން ދެކެ ލޯބި ވާނަމަ އެކަމާ އުފާވާން ޖެހޭނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް. އަދި ބައްޕާފުޅު އަހަރެންނަށް ވުރެ މާ މަތިވެރި.


އަހަރެން މި ވާހަކަ މި ބުނީ މިކަންތައްތައް ހިނގައިފާނެ ވަގުތަކަށް ކަލޭމެން ތައްޔާރު ވުމަށް އަހަރެން ކުރި އިންޒާރު ހަނދާންކޮށް ދިނުމަށް. އަހަރެން މީގެ ކުރީގައި މިވާހަކަ ކަލޭމެންގެ ގާތު ނުބުނެ ހުރީ އަހަރެން ދުވަސްކޮޅަކު ކަލޭމެންގެ ގާތު ހުންނާނެތީ.⁠“


ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.


ތިމަން ކަލޭގެފާނަށް އީމާންވުމުގެ ސަބަބުން އޭނާއަށް ލިބޭނެ އަނިޔާ ތިމަންކަލޭގެފާނު އޭނާއަށް އަންގައިދޭނަން.⁠“


މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އެކަލާނގެ ކޯފާގެ ވޭން އަހަރެމެން ތަޙައްމަލު ކުރުމަކަށްމެ ނޫނެވެ. ނަމަވެސް މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވުމަށެވެ.


މި ގޮތަށް ތެދުވެރިކަމުގައި ދެމިހުރުމުން ނިމުންނުވާ ޙަޔާތް ލިބުމުގެ އިތުބާރު ލިބިދޭނެއެވެ. އެއީ ޒަމާން ފެށުމުގެ ކުރިން އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިންނެވެ. އަދި އެކަލާނގެ ދޮގެއް ނަހައްދަވައެވެ.


އިބްރާހީމްގެފާނު އެފަދަ ގޮތަކަށް ދިރިއުޅުއްވީ ދާއިމީ ބިންގަލެއްގެ މަތީގައި މާތްރަސްކަލާނގެ ޢިމާރާތް ކުރައްވަން ހަމަޖައްސަވާފައިވާ ރަށް ތައްޔާރުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.


މި ދުނިޔެއަކު ފަނާވެނުދާނެ ރަށެއް ނުވެއެވެ. އެކަމަކު އަހަރެމެން އިންތިޒާރު ކުރަމުން މިދަނީ އެހެން ނުވާނެ ވަޒަނަކަށެވެ.


އަހަރެމެންނަށް ވުރެ ކުރީން އީސާގެފާނު ވަނީ އެތަނަށް ވަޑައިގަންނަވާފައެވެ. އެއީ އަހަރެމެންނަށްޓަކައެވެ. އެކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ވަޑައިގެންނެވި އަހަރެމެންގެ އަބަދީ އުއްތަމަ އިމާމެވެ.


އަޅުކަމުގެ ފޭލިގެކޮޅު ކޮޅަށް ހުރި ދުވަހު ވެސް ކޮންމެ ކޮންމެ މީހަކަށް އެންމެ މުޤައްދަސް މަޤާމުފުޅަށް ކުއްތަން ވެވިފައި ނުވާކަން މާތްރޫޙުފުޅު ވަނީ އަންގަވާ ދެއްވާފައެވެ.


މުޤައްދަސް ސަހަރު ކަމުގައިވާ އާ ޖެރޫސަލަމް، އަލަތު ކައިވެނީގެ އަނތްބަކު ކައިވެނީގެ ހެދުމުގައި އަލަތު ފިރިމީހާއާއި ބައްދަލު ކުރުމަށް ތައްޔާރުވެގެން އައި ފަދައިން މާތްރަސްކަލާނގެ ޙަޟްރަތުން އުޑުން ތިރިއަށް ފައިބައިގެން އައިތަން އަހަރެން ދުށީމެވެ.


ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ