Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:19 - ކިތާބުލް މުޤައްދަސާ

19 ދާދި އަވަހަށް މި ދުނިޔޭގެ ލޯ މަތިން އަހަރެން ގެއްލި ދާނެ. އެކަމަކު ކަލޭމެންނަށް އަހަރެން ފެންނާނެ. އެއީ އަހަރެން މަރުވުމަށް ފަހު އަލުން ދިރިގެން އެނބުރި އަންނާނެތީ. އަހަރެން ދިރުމުގެ ސަބަބުން ކަލޭމެންނަށް ވެސް ދިރުން ލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:19
20 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.


ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


”⁠އިރުކޮޅެއްގެ ތެރޭގައި ދެން ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެ. ދެން އޭގެ ހަމަ ކުޑައިރުކޮޅެއް ފަހުން ކަލޭމެންނަށް އަނެއްކާ ވެސް އަހަރެން ފެންނާނެ.⁠“


މިހާރު ކަލޭމެން ތިޔަ ވަނީ އެފަދަ ހިތާމައެއްގައި. ނަމަވެސް އަހަރެން އަލުން ކަލޭމެންނާއި ބައްދަލުވާނަން. އޭރުން ކަލޭމެން އެހާވަރަށް އުފާވާނެ. އަދި އެއްވެސް މީހަކަށް އެއުފާ ކަލޭމެންގެ އަތުން ޖަހައެއް ނުގަނެވޭނެ.


އަހަރެންގެ ބައްޕާފުޅުގެ އެދިވޮޑިގަތުމަކީ ދަރިކަލުން ދެކެ، ގަބޫލުކޮށް އީމާންވީ ކޮންމެ މީހަކަށް ނިމުންނުވާ ޙަޔާތް ދެއްވުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހުން އަލުން ދިރުއްވާނަން.⁠“


އެހެންވެ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެންގެ ގާތު ހުންނާނީ ކުޑަދުވަސްކޮޅަކު. އެއަށް ފަހު އަހަރެން ފޮނުއްވި ފަރާތަށް އަހަރެން އެނބުރި ދާނީ.


ދެން އަނެއްކާވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެން ދޫކޮށްލާފަ ދާނަން. އޭރުން ކަލޭމެން އަހަރެން ހޯދާނެ. ނަމަވެސް ކަލޭމެން މަރުވެދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވި. އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުދެވޭނެ.⁠“


އެންމެންގެ ކުރި މައްޗަކަށް ނޫން. ހަމަ އެކަނި މާތްރަސްކަލާނގެ މާކުރީއްސުރެ ވެސް މިކަންތަކަށް ހެކިވުމަށް ހަމަޖައްސަވާފައިވީ މީހުން ކަމުގައި ވާ މީހުންގެ ކުރިމައްޗަށޭ. އަހަރެމެން މިއީ އެކަލޭގެފާނު އަލުން ދިރި ވަޑައިގެން ހިނދު އެކަލޭގެފާނާއި އެކު ކައި ބޮއި ހެދި މީހުންނޭ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ