ޔޫޙަންނާ 14:17 - ކިތާބުލް މުޤައްދަސާ17 އެ ރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައި ކަން އަންގާދެއްވާނެ. ދުނިޔޭގެ ގިނަބަޔަކަށް އެ ރޫޙުފުޅެއް ނޭނގޭނެ އަދި ގަބޫލެއް ނުކުރެވޭނެ. އެއީ އެމީހުން އެ ރޫޙުފުޅު ހޯދުމަށް ނޫޅޭތީ އަދި އެމީހުންނަށް އެ ރޫޙުފުޅު ނުފެންނާތީ. ނަމަވެސް ކަލޭމެންނަށް އެ ރޫޙުފުޅު އެނގޭ. އެއީ އެ ރޫޙުފުޅު މިހާރު ވަނީ ކަލޭމެންގެ ގާތުގައި. އަދި ފަހުން އެ ރޫޙުފުޅު ވާނީ ކަލޭމެންގެ ކިބައިގައި. အခန်းကိုကြည့်ပါ။ |
މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.
ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.
އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.
ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.
އަހަރެމެންނީ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ބަޔަކީމުއެވެ. ވުމާއެކު، މާތްރަސްކަލާނގެ ދަންނަ ކޮންމެ މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑު އަހައެވެ. ނަމަވެސް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީސްތަކުންގެ ތެރެއިން ނުވާ އެއްވެސް މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑެއް ނާހައެވެ. އެހެންވީމާ، މާތްރަސްކަލާނގެ މާތްރޫޙުފުޅު ވޮޑިގެންވާ ކަމުގައި ބުނެ މީސްތަކުން ދައްކާ ވާހަކަތަކުގެ ދޮގުތެދު އަހަރެމެންނަށް އެނގެނީ މިގޮތުގެ މަތިންނެވެ.
ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.“